ކީ-ސްޓޭޖް 3ގެ ފޮތްތައް މިހަފްތާގައި ސްކޫލްތަކަށް ލިބޭނެ

14732289_1595452513814626_7573799170224375471_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް. ފޮޓޯ : ބއތމ. ފޭސްބުކް ޕޭޖް

ތައުލީމީ އާ މަންހަޖްގެ ދަށުން އަންނަ އަހަރު ސްކޫލްތަކުގައި ކިޔެވުމަށް ބޭނުންވާ ކީ–ސްޓޭޖް ތިނެއްގެ ފޮތްތައް އަންނަ ހަފްތާގައި ސްކޫލްތަކަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ

އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ މި ހަފްތާގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ކީ-ސްޓޭޖް 3 ގެ ފޮތްތައް ފޮނުވާލައްވާނެ ކަމަށެވެ.

ކީ-ސްޓޭޖް 3 ގައި ހިމެނެނީ ގްރޭޑް ހަތަކާއި އަށެކެވެ.

އަލަށް އެކުލަވާލައްވައި، ފިޔަވަހިތަކަކަށް ބައްސަވާލައިގެން ޢަމަލުކުރައްވަން ފަށްޓަވާފައިވާ މަންހަޖުގެ ދަށުން ކަނޑައަޅުއްވާފައިވާ ތަޢުލިމީ މަރުޙަލާތައް ބެހިފައިވާ ގޮތުން، ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގައި ހިމެނެނީ ޕްރީސްކޫލެވެ.

ކީ-ސް ކީ-ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1 ން 3 އަށެވެ. ކީ-ސްޓޭޖް 2 ގައި ހިމެނެނީ ގްރޭޑް 4، 5، 6 އެވެ. ކީ-ސްޓޭޖް 3 އަކީ ސާނަވީ މަރުޙަލާއެވެ. މިބައިގައި ހިމެނެނީ ގްރޭޑް 7 އާއި8 އެވެ. އަދި ކީ-ސްޓޭޖް 4 ގައި ހިމެނެނީ ގްރޭޑް 9، 10 އެވެ. ކީ-ސްޓޭޖް ފަހަކީ މަތީ ސާނަވީ މަރުޙަލާއެވެ. މިބައިގައި ހިމެނެނީ ގްރޭޑް 11 އާއި 12 އެވެ.

އައު މަންހަޖަށް ޢަމަލުކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ 4 ފިޔަވައްސަކަށް ބައްސަވާ ލައްވައިގެންނެވެ. ފުރަތަމަ ފިޔަވަހި ފެއްޓެވީ 2014 ގައެވެ. މިދިޔަ ދިރާސީ ދެއަހަރު ފާއިތުވިއިރު ވަނީ ކީ-ސްޓޭޖް އެކަކާއި ދޭއް ވަނީ ތަންފީޒު ކުރައްވަން ފަށްޓަވާފައެވެ. ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގައި މަންހަޖު ތަންފީޒު ކުރައްވަން ފައްޓަވާނީ މިފެށޭ އާއަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top