ބީއެމްއެލް އެޕަށް, ޑިޖިޓަލް ވޮލެޓް

large_165328598534UhF7.png

ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް މިއަދު ތައާރަފް ކޮށްފިއެވެ.

މި އަޕްޑޭޓާއެކު، ވޮލެޓުން ވޮލެޓަށް ފައިސާ ފޮނުވުމާއި، ކޮންޓެކްޓްލެސް ޓްރާންސްފާގެ ހިދުމަތް ވެސް މިހާރު ލިބޭނެ ކަމަށާއި އެގޮތުން ކިއުއާރު ކޯޑު ސްކޭން ކޮށްގެންނާއި، އެންއެފްސީ މެދުވެރިކޮށް ފޯނު، ކާޑު މެޝިންގައި ޖައްސާލައިގެން ވެސް މިހާރު ފައިސާ ދައްކާލެވޭނެ ކަަމަށް ބީއެމްއެލް އިން ބުނެ އެވެ.

މީގެ އިތުރުން “މޯބައިލް ކީ އިން” ހިދުމަތާއެކު ހަމައެކަނި ފޯނު ނަންބަރު ބޭނުންކޮށްގެން ޕީއޯއެސް ޓާމިނަލް މެދުވެރިކޮށް ފައިސާ ދެެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މޯބައިލް ބޭންކިން އެޕަށް އާ ބަދަލުތަކަކާއި އިތުރު ފީޗާ ތަކާއެކު މިދިޔަ އަހަރު ގެނެވުނުކަމަށެވެ.

“މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ” ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލުން މޯބައިލް ބޭންކިންގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ. މިހާރު އެ ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އެ ޚިދުމަތް ބޭނުންކުރާ ކަމަށް ބީއެމްއެލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top