ހުވާކުރިތާ 48ގަޑި އިރު ނުވަނީސް ކަމަދޫ ކައުންސިލަރަކު އިސްތިއުފާ ދީފި

DSC_8050-min.jpg

ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް މަގާމުގެ ހުވާ ކުރުމަށް ފަހު 48ގަޑިއިރު ނުވަނީސް ބ. ކަމދޫ ކައުންސިލްގެ ނައިބުރައީސް ޢަލީ މައުސޫމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ ދައުރުގައި ވެސް ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީ މެންބަރު މައުސޫމްގެ އިސްތިއުފާއާ ބެހޭ ގޮތުން ކަމަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ ޝަރީފް ވިދާޅުވީ ، އޭނާ އިސްތިއުފާ ދެއްވީ “އިދާރީ މުވައްޒަފުންގެ އާއިލީ މެމްބަރުންގެ ކެމްޕޭނު ޖަގަހައެއް”ގެ ގޮތުގައި ކައުންސިލް އިދާރާ ބޭނުން ކުރާ ކަމަށް ވިދާޅުވެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބުގެ ތެރޭގައިވެސް އަދި ހުވާ ކުރުމާ ހަމައަށް ވެސް މައުސޫމާއި ކައުންސިލްގެ އެއްވެސް މުވައްޒަފަކާ މެދު މައްސަލަ ޖެހިފައި ނުވާ ކަމަށެވެ.

ކަމަދޫ ކައުންސިލްގައި ތިއްބެވީ ޕީޕީއެމްގެ މަންބަރަކާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top