11 ވަނަ ވޯޓްގައި ދޮންފަނު ކައުންސިލްގެ ރައީސަކަށް އަލީ ރަޝީދު ހޮވިއްޖެ!

dhonfanu-1024x768.jpg

ދޮންފަނު ކައުންސިލް 3 މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި. 11 ވަނަ ފަހަރު ވޯޓުން ރައީސަކަށް ހޮވުނީ އަލީ ރަޝީދު (ކ)ގައި / ފޮޓޯ: ދޮންފަނު ކައުންސިލް

ރައީސަކު ނުހޮވިގެން ކައުންސިލްގެ މަސައްކަތްތައް ނުފެށި އޮތް ބ. ދޮންފަނު ކައުންސިލްގެ ރައީސް ކަމަށް އެންމެފަހުން ކައުންސިލް މެމްބަރ އަލީ ރަޝީދު އިންތިހާބުކޮށްފިއެވެ.

10 ފަހަރު ވޯޓް ލައިގެން ހަމަހަމަ ވުމާއެކު އިއްޔެ ކުރިޔަށް ނުގެންދެވުނު ޖަލްސާ މިއަދު ބައްވައި އަލީ ރަޝީދު ރައީސަކަށް އިންތިހާބުވީ 11 ވަނައަށް ލީ ވޯޓްގައި ކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ. ދޮންފަނު ކައުންސިލުން ބުނީ މިއަދުގެ ޖަލްސާފައި ރައީސްކަމަށް ހުށައެޅުނު ހަމައެކަނި ނަމަކީވެސް އަލީ ރަޝީދުގެ ނަމެވެ. އޭނާއަށް ރައީސަކަށް ހޮވުމަށް 3 މެމްބަރުންގެ ވޯޓް ލިބުނެވެ. ނާއިބްރައީސަކަށް ކުރިމަތިލީ ހަސަން ހަފީޒާއި، އަބްދުﷲ އަހްސަންއެވެ. އެވޯޓް 2-1 ން ކާމިޔާބުކުރީ ހަސަން ހަފީޒެވެ.

ދޮންފަނު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް އީވީއަށް ވިދާޅުވީ އެލްޖީއޭގެ ލަފައާއެކު މިއަދުގެ ވޯޓް ކުރިޔަށް ގެންދިއުމުގެ ކުރިން ކައުންސިލަރުންނާ މަޝްވަރާކުރެއްވިކަމަށެވެ. އަދި ގާނޫނީ ގޮތުން ރައީސަކު ހޮވަން އޮންނަ ގޮތް ނޫންގޮތަކަށް އެކަން ކުރެވެން ނެތްކަމަށާ، މިކަމުގައި ވިސްނެވުމަށް އިލްތިމާސް ކުރެވުނު ކަމަށެވެ.

“ގާނޫނުގައި އޮންނަނީ ވޯޓްލައިގެން ފާސްކުރަންޖެހޭ ކަމަށް. ފާސްވަންދެން އެކަން ކުރުމަށް އެލްޖީއޭއިން އެންގީ. އަދި މަޝްވަރާކުރުމަށްފަހު ވޯޓްލުން ބޭއްވުމަށް އެލްޖީއޭއިން އެންގީމަ އެކަން އަޅުގަނޑު ކުރިން. މިއަދުގެ ފުރަތަމަ ވޯޓުން ކާމިޔާބުވެއްޖެ” ސާލިމް ވިދާޅުވިއެވެ.

ދޮންފަނު ކައުންސިލަށް އަލަށް އިންތިހާބުކުރި ރައީސް އަލީ ރަޝީދަކީ 2011ން 2014 އަށް އެރަށު ކައުންސިލްގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ހަފީޒާއި، އަހްސަން އަކީ މިދިޔަ ދައުރުގައި ކައުންސިލް މެމްބަރުކަން ކުރެއްވި 2 ބޭފުޅުންނެވެ. ދޮންފަނު ކައުންސިލްގެ 3 މެމްބަރުންނަކީވެސް އަމިއްލަ ގޮތުން ހޮވުނު 3 މެމްބަރުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top