ބަންދު ދުވަސް ތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ދެނީ

large_1636557538211t9I.jpg

ފޮޓޯ: މުޙައްމަދު ޙައްޔާން/ ސަން

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްފޯކްގެ މިންގަނޑަށް ބަދަލު ގެނެސްފި އެވެ.

ކުރިން އޮންނަ ގޮތުން ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަހަށެވެ.

ނަމަވެސް ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު ހާޒިރީ އިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދޭ އިނާޔަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުސޫލުން “ސައިން-އިން” ވެގެން ހާޒިރުވުމާއި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކުގައިވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގައިވާ ގޮތުން ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ތެރެއިން އިދާރާއިން އާންމުކޮށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ދުވަސްތަކާއި ކަނޑައަޅާފައިނުވާ ދުވަސްދުވަހު މުވައްޒަފު ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި މަގާމަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދޭންޖެހޭނެ އެވެ.

އުސޫލުގައިވާ ގޮތުގައި، އަތޮޅު ތެރެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށްވެސް ހާޒިރީ އެލަވެންސް ލިބޭނެއެވެ.

އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި ދޭނީ އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 އާ ގުނަކުރަމުން ނިކުންނަ އަދަދާއި މުވައްޒަފު މަސައްކަތްކުރި ވަގުތު ގުނަކޮށްގެން އަންނަ އަދަދެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top