100 ހައުސިންގް ޔުނިޓް އެޅުމަށް “ފުށި ފަންނު” ހުޅަނގުން އޮތްބިން

Eydhafushi-arial.jpg

އޭދަފުށީ ހިއްކިބިން. ހައުސިންގް ޔުނިޓް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދު ހިއްކިބިމުން ރަތްކުލައިގެ ގޮޅިއެއްގައި ފާހަގަކޮށްފައި / ފޮޓޯ: ފޭސްބުކް

ސަރުކާރުން އޭދަފުށީގައި މިއަހަރު އެޅުމަށް ނިންމާފައިވާ 100 ހައުސިންގް ޔުނިޓް އެޅުމަށް އޭދަފުށީ ދެކުނުފަރާތު “ފުށިފަންނު” ސަރަހައްދުގެ ހުޅަނގުން އޮތް ހިއްކިބިން ކަނޑައަޅައިފިއެވެ.

އޭދަފުށީ ކައުންސިލުންން މިކަން އީވީއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭދަފުށި ކައުންސިލުން ބުނީ އޭދަފުށީ ޔޫސުފްކަލޭފާނުމަގާ، ވަތަބަނޑޭތިމަގާ ދެމެދު ހިއްކިސަރަހައްދުގައި އަޅާ މި 100 ހައުސިންގް ޔުނިޓް ހުންނާނި 4 ބްލޮކަކަށް ކަމަށް ހައުސިންގް މިނިސްޓްރީން އަންގަވާފައިވާކަމަށެވެ.

އޭދަފުށި ކައުންސިލް މެމްބަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވީ މިޔުނިޓްތަކުގެ މަސައްކަތް އަންނަމަހު ބަޔަކާ ހަވާލުކުރެވޭނެކަމަށް ހައުސިންގް މިނިސްޓްރީން އަންގަވާފައިވާކަމަށާ، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައިގަނެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.

އޭނާ ވިދާޅުވީ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ނިމުމުގެ ކުރިން އޭދަފުށިން ގޯތި ދޫކުރައްވާނެކަމުގެ އިޝާރާތެއްވެސް ހައުސިންގް މިނިސްޓްރީން ދެއްވާފައިވާކަމަށެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅު ހިއްކައި އޭދަފުށީގެ ބިމަށް 26 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އިތުރުކުރީ 2014 ވަނަ އަހަރު ސަރުކާރުން ކުރިޔަށްގެންދިޔަ މެގަ މަޝްރޫއެއްގެ ތެރެއިންނެވެ. މިހާރު އޭދަފުށިގެ އަސްލު ބިމުގެ ސައިޒް 56 ހެކްޓަރަށް ބޮޑުވެފައިވީނަމަވެސް ހިއްކި ބިމުން އަދި އޭދަފުށީގެ އާންމުރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top