އޭދަފުށިން ވަދާނުކުމެ އުޅުނު ދޯންޏެއް ބަންޑުން ޖަހާލައިފި

ރުވާދޯނި ބަނޑުންޖަހާލާފައި. / ފޮޓޯ: ފާއިދު

ރުވާދޯނި ބަނޑުންޖަހާލާފައި. / ފޮޓޯ: ފާއިދު

ވަދާ ގޮސް އުޅެނިކޮށް މިއަދު ހެނދުނު ބަންޑުންޖަހާލި ދޯންޏެއް ސަލާމަތް ކުރުމުގެ މަސައްކަތް އޭދަފުށީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ފަށައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު 9:40 އެހާކަންހާއިރު ބ. އަތޮޅު އިރު އުތުރު ކަންމަތީ އޮންނަ ވަންދޫ މާފަރު، ފަރު ކައިރީގައި ހިނގި މި ހާދިސާގެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި ވަދާ އެޅުމުގައި ހަރަކާތްތެރިވަމުންދިޔަ އޭދަފުށީ ދޯންޏަކުންނެވެ.

ފުލުހުން ބުނީ މެރިން ފުލުހުން އެ ސަރަހައްދަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ސަރަޙައްދުގައި ވަދާއެޅުމުގައި ހަރަކާތްތެރިވި ދޯނީގެ ފަޅުވެރިންގެ އެހީތެރިކަމާއެކު މީހުން ސަލާމަތްކޮށް ފުލުހުންގެ ލޯންޗްގައި އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 40 ފޫޓުގެ “ރުވާ” ބަންޑުންޖަހާލި އިރު އޭގައި ތިބީ ދޯނީގެ ވެރިޔާ ބ. އޭދަފުށީ ގުލޭނޫރަންމާގޭ އަބްދުއްޝުކޫރާއި، އަމާޒު އިބްރާހީމް އަހްމަދެވެ..

މައުލޫމާތު ލިބޭގޮތުން ބަންޑުންޖެހި މިދޯނި ތެދުކުރުމަށްފަހު އޭދަފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ
10403386_1497085900524878_6095218117319540645_n

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top