ހިލޭ ދިރާގު ޓީވީގެ ޚިދުމަތް ލިބޭ ޕްރޮމޯޝަނެއް!

large_161441235020cCf4.png

ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގު ޓީވީ ފީ “ހިލޭ” ކޮށްދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑާ) ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕޮރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 31 މޭ 2021ގެ ނިޔަލަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން ނަސީބުވެރި 20 ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ބަލާލެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުުންޏެވެ.

ދިރާގުން ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ދެ އެވެ. އަދި 100 އަށްވުރެ ގިނަ ޗެނަލް ދިރާގު ޓީވީ އިން ގެނެސްދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top