ތުޅާދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

big_fMB8DFtDQbnMYno5cYKuYRivA.jpg

ތުޅާދޫ --ފޮޓޯ :އަވަސް

ބ. ތުޅާދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ތުޅާދޫ ސިއްހީ މަރުކަޒުން ބުނީ ޕޮޒިޓިވް ވި ދެމީހުންނަކީ މި މަހުގެ 18 ވަނަ ދުވަހު އެ ރަށަށް ހޯމް ކަރަންޓީނަށް އައި ދެމީހުން ކަމަށެވެ. އެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ކޮވިޑްގެ އަލާމަތްތައް ފެނުމުން އިއްޔެ ސާމްޕަލް ނަގާ ޓެެސްޓް ކުރުމުންނެވެ.

މި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިން އިން ބެލި ބެލުމުން އިތުރު ބަޔަކާ ބައްދަލުވެފައި ނެތް ކަމަށްވެސް ތުޅާދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top