އައިޔޫއެމްއެސްޔޫ އިން ޤުރްއާން މުބާރާތެއް ބާއްވަނީ

big_dB08lr9PVqa2acyBzeA8LniTj.jpg

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އަންނަ ރަމަޟާން މަހު ކީރިތި ޤުރްއާން މުބާރާތެއް ބާއްވާނެ ކަމަށް އިއުލާނު ކޮށްފި އެވެ.

ތިން އުމުރު ފުރާއަކަށް ބަހާލައިގެން އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކަކީ، 10 އަހަރުން ދަށް، 10 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތީ އުމުރުފުރާ އެވެ. މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކުން އެއްވަނަ ދެވަނަ ތިންވަނަ، އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ވީޑިއޯތައް ސަބްމިޓު ކުރަން ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކަށްވެސް އެ އުމުރުފުރާއަކަށް ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުބާރާތުގެ ގަވާއިދާއި އެކު ހުޅުވާލެވޭނެ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން ވަނީ ބުނެފައެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އައިޔޫއެމްއެސްޔޫގެ ރައީސް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީ، ދިވެހިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top