ޑރ ޒިޔާދުގެ ނަސޭހަތް: މުސްލިމެއްގެ ފުރާނަހިފޭނެ ޙާލަތްތައް

maxresdefault.jpg

عَنِ ابْنِ مَسْعُوْدٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ z (لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَن لَا إِلٰهَ إِلَّا اللهُ وأَنِّي رسُولُ اللهِ إِلَّا بِإِحْدَى ثَلاَثٍ: الثَّيِّبِ الزَّانِي، وَالنَّفْسِ بِالنَّفْسِ، وَالتَّارِكِ لِدِينِهِ الْمُفَارِقِ لِلْجَمَاعَةِ). رواه البخاريُّ ومسلمٌ.

މާނަ: މާތްﷲ ރުއްސުން ލެއްވި އިބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ z ޙަދީޘްކުރައްވާފައިވެއެވެ. “މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތްކަމަށާއި، ތިމަންކަލޭގެފާނީ މާތްﷲގެ ރަސޫލާކަމަށް ހެކިވާ މުސްލިމަކު، ތިންކަމަކުންކުރެ ކޮންމެ އެއްކަމަކާއި ލައިގެންމެނުވީ، އޭނާމަރައިލުން ހުއްދަ ނުވާނެއެވެ. އެތިންކަމަކީ: މީހަކާ ކައިވެނިކޮށް ޖިމާޢުވުމަށްފަހު ޒިނޭކޮށްފި މީހާއާއި، ޙައްޤަކާ ނުލައި މީހަކު މަރައިފި މީހާއާއި، އިސްލާމްދީން ދޫކޮށް މުރުތައްދުވެ ޖަމާޢަތާއި ވަކިވެގެންފި މީހާއެވެ.”

ޙަދީޘް ލިބިގަންނަވިފިލާވަޅު

  • ކައިވެނިކޮށްގެންހުރެ މީހަކާ ގުޅުންހިންގުމުގެ ނުބައިކަން
  • އިސްލާމްދީނުގައި ކައިވެންޏަށް ދެވިފައިވާޝަރަފާޤަދަރު
  • އިންސާނީ ނަފްސު ކަރާމާތް ތެރިކުރެއްވިކަން
  • ޤަޞްތުގައި މީހުން މެރުމުގެ ނުބައިކަން
  • އިސްލާމްދިން މަތިވެރިކުރެއްވިކަން
  • އިސްލާމްދީން ނޫންއެހެންދީނަކަށް ތަބާވުމަކީ މާތް ﷲ ރުހިވޮޑިގަންނަވާކަމެއްނޫން
  • ޖަމާޢަތުން ބޭރުވުމުގެ ނުބައިކަން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top