ފެހެންދޫ ސްކޫލްގެ ދަރިވަރުން 14 އަހަރުވަންދެން ކުރި ދަތުރު ނިމުމަކަށް!

324200_3_89198418d4477c4a7ce3a1b37ac384b7023f35ae_large-1.jpeg

ފެހެންދޫ ސްކޫލް ހުޅުވުން

ބ.ފެހެންދޫ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދު ވުމުން އެކުދިން ތައުލީމު ހޯދަން އަވައްޓެރި ގޮއިދޫ ސްކޫލަށް ދިއުމަށް ކުރި 14 އަހަރުގެ ދިގުދަތުރު ނިމުމަކަށް އަތުވެއްޖެއެވެ.

އާބާދީ މަދު ރަށްރަށުގެ ސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ސަރުކާރުން ތައާރަފްކުރި “ސެޓެލައިޓް ސްކޫލް” ގެ އެހީން މިހާރު ފެހެންދޫ ސްކޫލްގެ ދަރިވަރުންނަށް އެކުދިން ގެ ރަށުގެ ސްކޫލްގައި ތިބެގެން ކިޔެވުމުގެ މަގު ފަހިވެގެން ދިޔައީއެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައިދޭން ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. އެ ދަރިވަރުންނަށް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ. ސެޓެލައިޓް ސްކޫލްގެ މައި ހަބެއްގެ ގޮތުގައި މިހާރު ބޭނުންކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

ފެހެންދޫ ސްކޫލުގެ ދަރިވަރުން، “ސެޓްލައިޓް ސްކޫލު” މެދުވެރިކޮށް ކިޔަވަނީ–

ފެހެންދޫ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު މަދުވުމުން ސްކޫލް ބަންދު ކުރީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކުދިން ކިޔަވަން ދަނީ އެރަށާއި އެއްފަޅުގައި ޖެހިގެން އޮތް ގޮއިދޫ ސްކޫލަށެވެ. މޫސުމަށް ބެލުމެށްނެތި އަވިދެންޏާ އަވީގައި ވާރޭ ވެހެންޏާ ވާރޭގައި ޑިންގީއެއްގައި އެދަރިވަރުން ވަނީ ދަތުރު ކޮށްފައެވެ. އޭގެ ފަހުން ފެންވަރު ރަނގަޅު ލޯންޗެެއްގެ ޚިދުމަތް ލިބުނު ނަމަވެސް މޫސުން ގޯސް ވިޔަސް މި މަޖުބޫރު ދަތުރު ކުރުމަށް ނިމުމެއް ނާދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top