ފޯރިގަދަ އީދަކަށް އޭދަފުށި ހެދުމަށް ސީސީ ތައްޔާރުވަނީ

viber_image_2024-06-08_14-00-48-582.jpg

އަންނަ އަޟްހާ އީދު ފޯރިގަދަ އީދަކަށް ހެދުމަށް އޭދަފުށީގެ ކްލަބް ކޮމްބިނޭޝަން (ސީސީ) ތައްޔާރުވަން ފަށައިފި އެވެ.

ސީސީވަނީ މިދިޔަ އަހަރުގެ ބޮޑު އީދު ވެސް ތަފާތު ކުޅިވަރުތަކާއެކު ބޮޑުއީދުގެ ފޯރި ގޮތަކަށް ދައްކާފަ އެވެ. އެގޮތުން މިދިޔަ އަހަރުވެސް ސީސީ އިން އިންތިޒާމުކޮށްގެން އަންހެނުންގެ ހޭންޑްބޯލް މުބާރާތަކާއި މަސްރޭހެއްގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި ކުޑަކުދިންނަށް ހާއްސަކޮށް ކަލާ ފެސްޓިވަލެއް ވެސް ވަނީ ބާއްވާފައެވެ.

ސީސީ އީދު އިންތިޒާމް ކޮމެޓީގެ މެންބަރު އަންފާލު އިބްރާހީމް ވިދާޅުވީ ސީސީ އިން މިފަހަރުގެ އީދުވެސް ފޯރިގަދަ ކޮށްލުމުގެ ގޮތުން ހޭންޑްބޯލް މުބާރާތަކައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ކަލާ ފެސްޓިވަލަކާއި މަސް ރޭހެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އިތުރު ހަރާކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ރޭވެމުންދާ ކަމަށް އަންފާލު ވިދާޅުވިއެވެ.

ސީސީއިން ބުނީ ބޭނުމަކީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އީދު ފާހަގަކުރުމަށެވެ. އީދުގެ މާނައަކީވެސް އެއީ ކަމުގައި ސީސީ އިން ބުންޏެވެ.

އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިއަހަރުގެ އީދު ކުޅިވަރުތައް ބޮޑުކޮށް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ޚާއްސަކޮށް ކަމަދޫ އާއި ކެންދޫގައި އީދު ކުޅިވަރުތައް ލައިވް ކުރަން ވަނީ ހަމަޖެހިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top