ހަނީމޫން ހޭދަކޮށްލަން ދާން އެންމެ ފައްކާ ރިސޯޓަކަށް ވައްކަރު ހޮވިއްޖެ

579522a_hb_k_001.jpg

ވައްކަރުގެ ބީޗްވިލާއެއް- ފޮޓޯ ވައްކަރު ރިސޯޓް

ވޯލްޑް ޓްރެވަލް އެވޯޑްގައި ހަނީމޫން ހޭދަކޮށްލަން ދާން އެންމެފައްކާ ރިސޯޓެއްގެ ގޮތުގައި ބ.އަތޮޅުގައި އޮންނަ ވައްކަރު މޯލްޑިވްސް ރިސޯޓް ހޮވިއްޖެއެވެ.

ވައްކަރަށް މީގެ ކުރިންވެސް ވަނީ އިންޓަނެޝަނަލް ގިނަ އެވޯޑުތަކެއް ލިބިފައެވެ. އޭގެތެރޭގައި އިންޑިއަން އޯޝަން ލީޑިން ރިސޯޓް 2020، ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2020، މޯލްޑިވްސް ލީޑިން ސުއިޓްވިލާސް 2020 އަދި އިންޑިއަން އޯޝަން ހޮޓެލް ސުއިޓްވިލާސް 2020 އެވޯޑް ހިމެނެއެެވެ.

ޓްރެވަލް، ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ މަޝްހޫރު އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑެވެ. މިއީ މިއެވޯޑް ދެމުން އަންނަތާ 28 ވަނަ އަހަރެވެ.

ވައްކަރުގެ އެންމެ ހާއްސަ ސިފައެއްގެ ގޮތުގައި އިންޓަނެޝަނަލް މީޑިއާތަކުން ފާހަގަ ކޮށްފައިވަނީ އެރިސޯޓްގެ ހުދު ސާފު އަތިރިމައްޗެވެ. އަދި ނޫކުލައިގެ ރީތި މޫދަކީ ވެސް އެރަށަށް އަންނަ ފަތުރުވެރިންގެ ސަމާލުކަން ދަމައިގަންނަ ތަނެކެވެ.

ހަނީމޫން ހޭދަކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ވައްކަރު ހޮވުމާއި ގުޅިގެން އެރިސޯޓްގެ ޖެނެރަލް މެނޭޖަރު އިއަން މެކްކޮމެކް ވިދާޅުވީ އެރިސޯޓައި ޗުއްޓީ ހޭދަކުރަން އަންނަ ލޯބިވެރިންނާއި ދެމަފިރިންނަށް އަބަދުވެސް ހާއްސަ ހިދުމަތްތަކެއް ރިސޯޓުން ދެމުން އަންނަ ކަމަށެވެ.

ބ.އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓަކީ ވެސް ޔުނެސްކޯ އިން ކަނޑައަޅާފައިވާ ބައޮސްފިއާ ރިޒާވްގައި ހިމެނޭ ރިސޯޓެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top