ކެނޑިޑޭޓުންގެ ބަސް: ޔާސިރު ހުސައިން

image-0-02-06-ef3a7dd425c636d9b80374192fd17e835be24e92a4a235439f0a569455492d50-V.jpg

ކެންޑިޑޭޓްގެ ތައާރަފް :

ބ. އޭދަފުށީ، ފަހިވައި ޔާސިރު ހުސައިން އެންމެ ފަސޭހައިން ސިފަކޮށްދެވޭނީ ވަރުބަލިވުމެއްނެތް އޭދަފުށީގެ އެންމެ ޚަރަކާތްތެރި އެންމެ ތަފާތު ވިޔަފާރިތަކެއް ގެންގުޅުއްވާ ޒުވާނެއްގެ ގޮތުގައެވެ. ސްކޫލް ދައުރަށްފަހު މިދިޔަ ވިހި އަހަރެއްހާދުވަހު އޭނާ ތަޖުރިބާ ނުކުރާ ވިޔަފާރިއެއް މަދުވާނެއެވެ. މިއަދުވެސް އޭނާގެ ވިޔަފާރިތަކުގެ ލިސްޓްގައި ސައިހޮޓަލަކާ، ވެހިކަލް މަރާމާތުކޮށްދޭ ގަރާޖެއްގެ އިތުރުން، ފަހާ ތަނެއް އެބަހުއްޓެވެ. ޔާސިރަކީ އިޖްތިމާއީގޮތުން ހަރަކާތްތެރި ކްލަބް ދަބިގިނާސްގެ މެމްބަރެއްވެސް މެއެވެ. ރައްޔިތުންގެ މަސައްކަތުގައި ހީވާގި ޒުވާނެކެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

އޭދަފުށީގެ ރައްޔިތުން ތިބީ ވަރަށްބޮޑަށް ބައިބައިވެފައި. އެހެންކަމުން އަޅުގަނޑުގެ މަގްސަދަކަށްވީ 2 ޕާޓީގެ އިސްވެރިންނާ ވާހަކަ ދައްކައިގެން ރައްޔިތުން އެއްބައިވަންތަ ކުރުމާއި، އެރައްޔިތުން ބޭނުންވާ ކައްތައްތަކުގެ އަޑުއަހައި އެކަންކަމަށް ހައްލުހޯދާދިނުމެވެ. އަޅުގަނޑު ކުރިމަތިލީ މިނިޔަތުގައެވެ.

އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

ޕާޓީއަކުން ކުރިމަތިލީ ކައުންސިލަށް ހޮވުމުގައި ޕާޓީގެ ޓިކެޓަކީ ވަރަށްބޮޑު ބާރަކަށް ވާތީއެވެ.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

އެއްވަނަ ކަމަކީ މަސްމާރުކޭޓެއް އެޅުމާއި، އަތިރިމައްޗަށް ފެންލިބޭނެ ނިޒާމެއް ޤާއިމްކުރުން.

ދެވަނަ ކަމަކީ ފެރީޓާމިނަލްގެ މަސައްކަތް ހުއްޓިފައިހުރީ ކީއްވެތޯބަލައި އެމަސައްކަތް ނިންމުން

ތިންވަނަ ކަމަކަށް އަޅުގަނޑު އިސްކަންދޭނީ ބަނދަރު ސަރަހައްދުގައި ފިހާރަބަރިއެއް އެޅުމާއި، ރައްރަށުން ގެންނަ ތަކެތި ވިއްކާނޭ މާރުކޭޓެއް އެޅުން.

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ:

އުފާވެރި ހަބަރަކީ މިހާރު ރައްޔިތުންގެ ހިތްތަކަށް އައިސްފައިވާ ނުތަނަވަސްކަން ފިލުވާލާ، މޫނުމައްޗަށް އުޖާލާކަން ގެނެސްދޭނެކަމުގެ ޔަގީންކަން ދޭނަމެވެ. އަދި އަޅުގަނޑު ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެކަމެއް ކުރުމުގައި އެކަމެއްގެ ތަޖުރިބާ ހުރި މީހުންނާ ވާހަކަދައްކައިގެން ރައްޔިތުންގެ ހިއްސާއާއެކު އެކަމެއް ކުރުމުގެ ޔަގީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެމެވެ. އަޅުގަނޑު (ޔާސިރު ހުސައިން ކެނޑިޑޭޓު ނަމްބަރ: 11) އަށް ވޯޓެއް ދެއްވާ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top