ރާއްޖޭގައި ދެވޭ އެންމެ ދަށް އުޖޫރަ ނުވަތަ މުސާރައަކީ މަހަކު 5700 ރުފިޔާކަމަށް މިނިމަމްވޭޖް ކޮމިޓީން ކަނޑައަޅައިފި އެވެ.
މިނިމަމް ވޭޖް ބޯޑުން ދީފައިވާ ލަފާގައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ދާއިމީ މުވައްޒަފަކަށް އެންމެ މަދުން ލިބޭ އަދަދު ކަމަށްވާ 7،000 ރުފިޔާ އަށް ބަލައިގެންނެވެ.
އެ ބޯޑުން ރޭ ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7000ރ. އެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށެވެ. ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭން ޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700ރ. އެވެ.
މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000ރ. އެވެ. އެއީ ވެސް އަށް ގަޑިއިރުގެ މަސައްކަތަށެވެ. ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. އެވެ.
އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅަ އެވެ.
ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ އަދި ކަނޑައެއް ނާޅައެވެ. ރޭ ކަނޑައެޅި އަދަދުތަކަކީ ހަމައެކަނި ދިވެހިންނަށް އެކަނި ކަނޑައެޅި އަދަދުތަކެކެވެ.
މިނިމަމް ވޭޖް ބޯޑުން މި ފާސްކުރީ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފާ ފާސްކުރާ ހިސާބުންނެވެ.