ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ އެހީ މިފަހަރު ކުޑަރިކިލަށް

IMG_20210206_125013000.jpg

ކުޑަރިކިލުގެ މަގެއް

ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް ) އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދަށުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓްގެ ތެރޭގައި ބ.ކުޑަރިކިލުން ހުށައެޅި އެރަށުގައި ސޯލާ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓު ހިމަނައިފި އެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ތައާރަފުކޮށްފައިވާ ފަންޑެކެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު މިއަދު ވިދާޅުވިގޮތުގައި އެ ކުންފުނީގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުމެވެ. މިފަހަރު ވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނު ކަމަށާއި މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ކަމަށް ސައީދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި އެ ފަސް ޕްރޮޕޯސަލްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ބީއެމްއެލުން ދޭނެއެވެ.

މިފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top