އޭލެވެލްގައި ގަދަ ދިހައަކުން ނުވައެއް ބ.އަތޮޅު ތައުލީމީ މަރުކަޒަށް

36823103_10155953419132217_4972503283206717440_n.jpg

އޭލެވެލް ޓޮފް10 އެއްވަނައިގައި ހިމެނުނު ނަހުމާ އަބްދުއްރަޝީދު

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ގަދަ 10 އަކުން ނުވައެއް ބ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ.

އޭލެވެލް އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭދަފުށީ ސައްކެޔޮގޭ ނަޚްމާ އަބްދުއްރަޝީދުވަނީ އެ އިމްތިހާނުގެ އެއްވަނަ ވެސް ހޯދާފައެވެ.

އޭލެވެލް ގަދަ 10 ގައި ހިމެނުނު ބ. ތައުލީމީ މަރުކަޒުގެ ދަރިވަރުން

ނަޚްމާ އަބްދުއްރަޝީދު، ސައްކެޔޮގެ / އޭދަފުށި (1 ވަނަ)
ސިބާ އަބްދުއްރަޝީދު، އެއިޓް / މާޅޮސް (4 ވަނަ)
އައިމިނަތު ރީމާ، ވިނަކަރަ / ކުޑަރިކިލު (4 ވަނަ)
ރިސާމާ ޚާލިދު، ފޮނިމާގެ / އޭދަފުށި (4 ވަނަ)
ސޮބާ އަބްދުއްރަޝީދު، އެއިޓް / މާޅޮސް (4 ވަނަ)
އަންޖޫދާ އަހްމަދު، ފަޅޯގަސްދޮށުގެ / އޭދަފުށި (8 ވަނަ)
އަޒުވާ އަބްދުއްރަޝީދު، އާބާދު / ހިތާދޫ (8 ވަނަ)
ޝަމާއިލް މުހައްމަދު ނަސީރު، ހިޔާ / ހިތާދޫ (8 ވަނަ)
މުހައްމަދު ޝިޔާފް އަހްމަދު، އަނޯނާގެ / އޭދަފުށި (10 ވަނަ)

އޭލެވެލް ގަދަ 10 ގައި ހިމެނުނު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން

މީގެ އިތުރުން މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޭލެވެލް ނިންމި ބ.އަތޮޅުގެ އެކި ރަށްރަށުގެ ދަރިވަރުންވެސް ވަނީ އޯލެވެލް ޓޮޕްޓެން ގައި ހިމެނިފަ އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ 2017 ވަނަ އަހަރަކީ ރެކޯޑް އަދަދަކަށް އޭލެވެލްގެ އެއްވަނައިގައި ދަރިވަރުން ހިމެނުނު އަހަރެއް ކަމަށާއި އެކަމުން ދޭހަކޮށްދެނީ ތައުލީމީ ދާއިރާއަށް އަންނަމުންދާ ކުރިއެރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުވަމުން އައުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި އަދި އެ މަސައްކަތް ފުރިހަމަ ކޮށްދިނުމަށް ބެލެނިވެރިންނާއި ޓީޗަރުން އަދި ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކިއެކި މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

އޭލެވެލްގައި ފަޚްރުވެރި ކާމިޔާބީ ހޯދި ބ.އަތޮޅުގެ ހުރިހާ ދަރިވަރުންނަށްވެސް އީވީގެ ފަރާތުން ތަހުނިޔާ ކިޔަމެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top