އިންޓަރ ރިސޯޓް ފުޓްބޯޅަމުބާރާތް ފަށައިދެނީ ސޮނޭވާފުއްޓާއި ވައްކަރު

DSCN8118-800x451-800x451.jpg

މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގައި އަނަންތަރާއާއި، މިލައިދޫ ބައްދަލުކުރި މެޗްގެ ތެރެއިން : އީވީ ފައިލް ފޮޓޯ.

އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ހުޅުވައިދޭ މެޗުގައި ބައްދަލުކުރާނީ ސޮނެވާފުށީ ރިސޯޓާއި ވައްކަރު މޯލްޑިވްސް ރިސޯޓެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 – އޯގަސްޓް 12 އަށެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ރިސޯޓްގެ އިތުރުން އަނެއް ހަތްރިސޯޓަކީ އެންމެ ފަހުގެ ޗެމްޕިއަން ދުސިތު ތާނީ މޯލްޑިވްސް، އަމިއްލަފުށީ ރިސޯޓް، ފިނޮޅު ރިސޯޓް، ރޯޔަލް އައިލެންޑް، އަނަތްރާ ކިހަވައް ވިލާސް އަދި މިލައިދޫ އައިލެންޑް ރިސޯޓް އެވެ.

 

މި މުބާރާތަކީ ބ. އަތޮޅު ރިސޯޓް ތަކަށް ހުޅުވާލައިގެން އޭދަފުށީ ކްލަބް ކޮންބިނޭޝަން (ސީސީ) އިން ތައާރަފް ކުރި މުބާރާތެކެވެ.  2013އި ން 2015އާ ދެމެދު މި މުބާރާތް އެ ޖަމިއްޔާ އިން ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ފަހުން މި މުބާރާތް ހިންގަމުން ގެންދަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ. ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ފްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ސޮނެވާފުށި ރިސޯޓް އެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ އަނަންތަރާގެ އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑް (އަމިއްލަފުށި/ފިނޮޅު ރިސޯޓް) އަދި ދުސިޓް ތާނީ މޯލްޑިވްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top