މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓް އަންނަ އޮކްޓޯބަރ މަހު ހުޅުވަނީ

wesgr.193598_xx.jpg

ފޮޓޯ : ދަ ވެސްޓިންގ ހޮޓެލްސް ރިސޯޓް

ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓެލިޓީ ކުންފުނި މެރިއޮޓްގެ ދަށުން ހިންގާ ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ބ. މިރިޔަންދޫގައި ތަރައްގީކުރާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު އަންނަ އޮކްޓޯބަރު މަހު ގެ 1 ވަނަ ދުވަހު ހުޅުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 20 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ސަރަހައްދެއްގައި އިޓަލީގެ ކުންފުންޏަކުން ފަރުމާކުރި މި ރިސޯޓްގައި މަތީފަންތީގެ ހަތްދިހަ ކޮޓެރީގެ އިތުރުން ވޯލްޑް ކްލާސް ފިޓްނެސް ސްޓޫޑިއޯއަކާއި ސްޕާއެއް ވެސް ހުންނާނެއެވެ.

މި ރިސޯޓަށް މުވައްޒަފުން ހޯދުމަށް މިއަދާއި އަދި މި މަހުގެ 14ވަނަ ދުވަހާއި 21ވަނަ ދުވަހާއި 28ވަނަ ދުވަހު ހެނދުނު 10 އިން މެންދުރު 2 އަށް މާގިރި ހޮޓަލުގައި ރިކަރޫޓްމެންޓް ޑޭ ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top