”ބީއެމްއެލް ސްކޮލާޝިޕް ފަންޑު“ ތައާރަފުކޮށްފި

b_Y55mJedF9UcGt9Nrbic38J09t.jpg

'ބީއެމްއެލް ސްކޮލާޝިޕް ފަންޑް' ތައާރަފުކުރުމުގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވާހަކަދައްކަވަނީ -- ވަން ފޮޓޯ: ނަޒީމް ނައުޝާދު

މާލީ ދާއިރާ އިން ތައުލީމު ހާސިލު ކުރުމަށް ބީއެމްއެލްގެ ފަރާތުން ”ބީއެމްއެލް ސްކޯލާޝިޕް ފަންޑު“ ތައާރަފް ކޮށްފިއެވެ.

މިއީ އަންނަ އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގާ ފުރަތަމަ ހަރަކާތް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެގޮތުން މިއަދު ތައާރަފު ކުރި ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ތިން ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެހެން މި ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ހުޅުވާލާ ފަންޑެއް ކަމަށް ބޭންކުން ބުނެއެވެ.

ކޮންމެ އަހަރަކު ތިން ދަރިވަރުންނަށް މި ފުރުސަތު ދެވޭނެކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީއެމްއެލް އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ 40 ވަނަ އަހަރު ފާހަގަކުރާ އިރު، އެއީ ބޭންކަށް ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެގެންދާނެ ކަމަށާއި އެ ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ މަހަކުވެސް ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ޓިމް ސޯޔާ ވިދާޅުވީ މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓްކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ކޮޕް ސަމިޓުގައި މަޝްވަރާ ކުރި ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނައި، ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިސްކަންދޭނެ ކަމަށެވެ. އަދި ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓުގައި ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top