އޭދަފުށީ ދާއިރާއަށް އަދިވެސް ސަލީމް. ކީއްވެ؟

ޖހޖހ.jpg

އެމްޕީ ސަލީމް، އޭދަފުށީގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް ބައްލަވައި ލައްވަނީ

”ސަލީމަކީ ހަމައެކަނި ދާއިރާގެ މެންބަރެއް ނޫން. އެއީ އަހަރެމެންގެ ބެލެނިވެރިޔާ ވެސްމެ. އޭނާއަކީ އޭދަފުށީ ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ މީހެއް. އަހަރެމެންގެ ދުއާ އަކީ އަދިވެސް ސަލީމް މި ދާއިރާގެ މެންބަރެއްގެ ގޮތުގައި ފެނުން . އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން މިއިންތިޚާބު ސަލީމް ކާމިޔާބު ކުރައްވާނެ.“ ސަލީމާމެދު ދެކެނި ކިހިނެއްހޭ އަހާލުމުން ދެބައި އުމުރުގެމީހަކު މިވާހަކަތައް އަމުނާލީ މާކުރިން ދަސްކޮށްފައިހުރި ފިލާވަޅެއްގެ ގޮތަށެވެ. ނަން ނުޖެހުން ޝަރުތުކޮށް އެމީހާ ބުނީ ސަލީމް ވަރުގެ އޯގާތެރި ދީލަތި މެންބަރަކު މަޖިލީހުގެ މި ދާއިރާއިން އަދި ފެނިފައި ނުވާކަމަށެވެ. އެހެންމީހަކު ބުންޏެވެ.

”އަހަރެމެން ބޭނުމީ އަދިވެސް ސަލީމް. އެއީ، ކާސިން ކަލޭފާނު (1997 އިން 2004އަށް ބ.އަތޮޅު އަތޮޅުވެރިކަން ކުރެއްވި )ގެ ފަހުން މިރަށުގެ ތަރައްގީ އަށް ކަމެއް ކޮށްދީފައި ހުރި މީހަކީ އެއީ. އަމިއްލަ ޖީބުން ނާއި ސަރުކާރު މެދުވެރިވެގެން ވެސް ފަހުގެ ތާރީޚުގައި މިރަށުން މިފެންނަ ތަރައްގީގެ އަސްލަކީ އޭނާގެ މަސައްކަތް. އަހަރެންގެ ވޯޓާއެކު އާއިލާގެ ވޯޓު ސަލީމަށް.“

މިއީ ސަލީމާ މެދު ދާއިރާގެ ރައްޔިތުން ދެކޭގޮތް ކަމަށް ބެލެވިދާނެއެވެ.

ހަތަރުވަނަ ދައުރަކަށް ސަލީމް އެ ކުރިމަތިލެއްވީ ދާއިރާގެ އެތައް ބައެއްގެ ލޯތްބާ އެދުމާ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ރެކޯޑާއެކު އޭދަފުށީގެ ތާރީޚު ބަދަލު ކޮށްލައްވާފައެވެ.

ފަސް އެނބުރި ބަލައިލުން

ސަލީމް ވިދާޅުވާ ގޮތުން އޭނާ މަޖިލީހަށް ކުރިމަތިލެއްވުމުގެ ޚިޔާލު އައީ ދާއިރާގެ ކުރިއެރުން ހުއްޓިފައިވާތީ އެކަން ބަދަލު ކުރެއްވުމަށެވެ. ރަށު ލޯބީގައެވެ. މަޖިލީހުގެ ގޮނޑި ރަށުން ބޭރު މީހުން ފުރުއްވަމުން ގެންދަވާތީއެވެ. އެގޮނޑީގައި މަށް އޭދަފުށި މީހަކު ނުވަތަ އަތޮޅުގެ މީހަކު އިނދެގެން ނޫނީ ދާއިރާއަށް ކުރިއެރުން އަންނާނެކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

ސަލީމްގެ ދިގުމާޒީއަށް ބަލާއިރު އޭނާ އޭދަފުއްޓަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ރަށުން ކިޔަވައިގެން މާލެއަށް ބަދަލުވެ ސަރުކާރުގެ ޚިދުމަތާ ގުޅުން ހިސާބުންނެވެ. މީގެ 40 އަހަރު ކުރިން އޭދަފުށީ ބސމދ ޖަމިއްޔާ އާއި ހަމައިންނެވެ. އޭގެ ފަހުން ވުޖޫދުވި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ މަސްއޫލު މަގާމެއްގައި ހުންނަވައިގެން ރަށަށް ކުރައްވަން ފެއްޓެވި ޚިދުމަތުގެ ސިލްސިލާ މިއަދާ ހަމައަށް ވެސް ގެތެމުން އަންނަނީ ރަނުގެ ޗޭނަކުންނެވެ. އެއީރަށުލޯބި ނޫން އެހެން ކޮންކަމެއްތޯއެވެ؟

1980ގެ އަހަރުތަކުގެ ކުރީކޮޅުގައި އުފެދުނު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ހުރިހާ ހަކަތައެއް ފުޓުބޯޅައަށް ހުސްކޮށްލި އިރު ޖަމިއްޔާގެ ފުޓުބޯޅަ ޓީމަށް ފައިސާ ހޯދުމަށް ހިންގި ހުރިހާ ހަރަކާތް ތަކެއްގައި ބައިވެރިވިއެވެ. ސްކޫލްތަކުގައި ކުލަލުމަށް ފިހިގަނޑު ހިފައިގެންނެވެ. ތަމްސީލު ޝޯތައް ބޭއްވުން ފަދަ ހަރަކާތްތަކުގައިވެސް އޭނާ ބައިވެރިވެ ރަށަށް ރީތި ނަން ހޯއްދަވައިދެއްވި އެވެ.

އެއްކަމެއް އަދި ފާހަގަކޮށްލާ ހިތްވެއެވެ. ”އަލިވިލުން“ ނަމުގައި މާލޭގެ އޯޑިއޯން ގައި ބޭއްވި ހައުސްފުލް ފަސް ޝޯ ފުރިހަމަ ކުރިއިރު ދުވަހުނޫސް ”ހަވީރު“ ގައި އެ ޝޯގެ މޮޅު ވާހަކަ ލިޔެފައިއޮތީ އެއީ އެހާތަނަށް ރާއްޖޭގައި ރާއްޖޭގައި ކުޅުނު އެންމެ މޮޅު ތަމްސީލު ޝޯގެ ގޮތުގައެވެ. ސަލީމްގެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި އޮންނަނީ ޝޯގެ އެެންމެ މޮޅު މުމައްސިލް ކަމުގައެވެ.

މީ އޭގެ 40 އަހަރު ފަހެވެ. އުމުރަށް އަންނަ ބަދަލާއެކު ކަންތައްތައް ބަދަލުވެގެން ދިއުމަކީ އިންސާނާގެ ތަބީއަތް ކަމަށްވިޔަސް ސަލީމްގެ ބަދަލުނުވެ އޮތީ ރަށަށް ޚިދުމަތް ކުރުމެވެ. އޭދަފުށި ހޯދާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައި މިއަދުވެސް ސަލީމް ހުންނެވީ އެރޫހުގައެވެ. އޭދަފުއްޓަށް ބޭނުންވާ ކޮންމެ ކަމެއް ވިޔަސް ޚަރަދަކަށް ބެއްލެވުމެއް ނެތި ކޮށްދެއްވުމަކީ އޭނާގެ ބަދަލުނުވާ މިޒާޖްގައި ހުރި މާތް ސިފައެކެވެ. ޒުވާނުންނާ އޭނާ އާއޮތް ގުޅުމަށް ބަލާއިރު އޭދަފުށި، ފުޓުބޯޅަ ކުޅުންތެރިން އުފައްދާ ކާރުޚާނާ އަކަށް ވެފައިވަނީ އެ މުބާރާތްތައް ހިންގުމުގެ މައިނާރު ނުވަތަ މެއިން ސްޕޮންސަރަކީ ސަލީމްގެ ރެޑްވޭވް ކުންފުންޏަށް ވާތީއެވެ.

ސަލީމް ހޮވަން ޖެހެނީ ކީއްވެ؟

ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ މިވާހަކަ ކޮޅެވެ.

”ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުން ދާއިރު ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނަން. އެކަން ކުރިއަށް އެދަނީވެސް ހަމަ އިއްޒަތްތެރި މެންބަރުގެ އިޚްލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ ތިޔަބޭފުޅުން ސަލީމް އެކުރައްވާ ބުރަ މަސައްކަތުގަ އެއްބާރުލުން ދެއްވަން އެބަޖެހޭ. ސަރުކާރަށް އެމަޝްރޫއު ގެނައުމުގައި، ސަރުކާރުން އެހުއްދަތައް ހޯދުމަށް ޓަކައި އެފެށިގެން ދިޔަ އިނީޝިއަލް މަރުހަލާގެ ތެރެއިން ހުރިހާ ކަމެއްގައި އިސް ނެންގެވީ ތިޔަބޭފުޅުންގެ ހައްގުގައި ސަލީމް “

އޭދަފުށީގެ ތަރައްގީއާއި ކުރިއެރުން އޮތީ ސަލީމް ހޮވައިގެންކަން އޭދަފުށީ ރައްޔިންގެ ގާތު އެވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެހެން ނޫނަސް، ސިޔާސީގޮތުން ގައުމު މިއަދު އޮތް ހާލަތުގައި މަޖިލިސް މެންބަރުކަން ކުރެވޭނީ ބާރުހުރި، ބާރުގަދަ މީހަކަށެވެ. މާލީގޮތުންނާއި ސިޔާސީ ގޮތުންނެވެ. އެހެންކަމުން މި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ސަލީމާއި ވާދަކުރެވޭ މީހަކު އެބަހުރިތޯއެވެ. މާލީ ބާރުވެރިކަމުގެ ގޮތުން ބަލާއިރު ސަލީމު ހިމެނެނީ ރާއްޖޭގައި ތިބި މަހުޖަނުންގެ ތެރެއިން ޓޮޕް 10ގަ އެވެ. ސިޔާސީ ބާރުވެރިކަމުގެ ގޮތުން ބަލާއިރުވެސް ޓޮޕް ލެވެލް ގައެވެ. އެހެންވީމާ ދެވަނަ ވިސްނުމަކަށް ދާކަށް ނުޖެހެ އެވެ. ސަލީމް ހޮވަން ޖެހެނީ މިހެން ވެގެންނެވެ.

ޚިދުމަތުގެ އުސް އަލިތައް 

ބިން ހިއްކުން

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ސަލީމް އިންތިޚާބު ވުމާއެކު ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ހިއްކުމެވެ. ބަނދަރު މަރާމާތު ކޮށްދިނުމާއި އެއްގަމު ތޮށި ލައިދިނުމެވެ. އެމަސައްކަތް ކުރުމުގެ މަގުފަހިވެގެން ދިޔައީ 2013 ގައި ރައީސް ޔާމީން އިންތިޚާބު ވުމުންނެވެ. އެވެރިކަން ގެނައުމަށް ރެއާދުވާލު ކުރެއްވި ބުރަ މަސައްކަތް މި ދާއިރާގެ ރައްޔިތުންނަށް ވާނީ ފެނިވަޑައިގެންފައެވެ.

އޭދަފުށީގެ ތާރީޚުގައި ހިންގި އެންމެ ބޮޑު މަޝްރޫއު، ބިންހިއްކުމުގެ އަމަލީ މަޝްރޫއު ޔާމީންގެ ވެރިކަމުގެ އެހާ ކުރީކޮޅު ފެށުމުގެ ހުރިހާ ވެސް ޝުކުރެއް ހައްގު ބޭފުޅަކީ އަހުމަދު ސަލީމް ކަމަށް ރައީސް ޔާމީން ވިދާޅުވީ ބިންހިއްކުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް ޔާމީންގެ އަރިހުގައި ހުންނަވައިގެން ފަޅަށް ފުރަތަމަ ވެލިކޮޅު އަޅައިލެއްވީވެސް ސަލީމެވެ. ހަމަ އެފަދައިން އެއްގަމު ތޮށި ލުމާއި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވުނީ ވެސް ސަލީމްގެ މަސައްކަތުން ކަމީ އެނގިބފާޅުވެގެންވާ ހަގީގަތެވެ.

ޒަމާނީ ފެންވަރަށް އޭދަފުށީގެ 17 މަގު ހެދުން

2014 ވަނަ އަހަރު މި މަޝްރޫއު ފެށުމުގެ ގޮތުން ބިސްމީގެ ބަރަކާތުން އެކްސްކަވޭޓަރުގެ ދަތްގަނޑު ޖައްސައިލިއިރު ސަލީމް ހުންނެވީ އެސްކަވޭޓަރު ގެ އެންމެ ކައިރީގައެވެ.

ހަމައެކަނި ފައްޓަވައި ދެއްވުމެއް ނޫނެވެ. ކޮންމެ މަޝްރޫއެއް ކުރިއަށް ދާގޮތް ބައްލަވަމުން ގެންދެވި އެވެ. ރައްޔިތުންގެ ޚިޔާލުވެސް ގެންދެވީ އައްސަވަމުންނެވެ. ރައްޔިތުން ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ހިނގާނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަވައެވެ. ބޭރުތޮށި ލަމުން ދިޔައިރު ރައްޔިތުންގެ ހުރި ހިތްހަމަ ނުޖެހުންތަކާއެކު އެކަންކަން ރަނގަޅު ކުރެއްވުމަށް ސަލީމް ވަނީ މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު އެއްފަހަރަށްވުރެ ގިނަ ފަހަރު ވަޑައިގެން އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށް ނިންމާދެއްވާފަ އެވެ. ބަނދަރު ހެދުމާއި އޭދަފުށީގެ ވަށައިގެން ލެވިފައިވާ އެއްގަމު ތޮށީގެ މަތިންވެސް ހަނދާން ކުރަންޖެހެ އެވެ. ދެންވެސް އެދަފުށީގައި ހިނގި މަޝްރޫއުތައް ނިންމުމުގައި ސަލީމްގެ ހިއްސާ ބޮޑެވެ.

ކުރިއަށް އޮތް 5 އަހަރު، ސަލީމްގެ އަމާޒު

ސަލީމް އާ ދައުރަކަށް ކުރިމަތި ލައްވައިގެން އެ ހުންނެވީ ރައްޔިތުންގެ ބޭނުންތަކާއި އެދުންތައް ފުއްދުމަށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައެވެ.

ސަރުކާރުން އިއުލާން ކޮށްފައިވާ 1000 ހައުސިން ޔުނިޓާއި އާބަން ސެންޓަރު ހަގީގަތަކަށް ހެދުމަށް ސަލީމްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަން ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެކަން އެނގިހުރެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދެއްވާށެވެ. އޭދަފުއްޓަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމުގެ އިތުރުން ގޯތި ބޭނުންވާ އެންމެންނަށް ގޯތި ހޯއްދަވައި ދެއްވުމުގެ ވައުދާވެސް އެކުއެވެ.

ސްޕޯޓްސް ޕާކް

ކުޅިވަރުގެ ބޮޑު ރަށެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އޭދަފުއްޓަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ސްޕޮޓްސް ޕާކެއް ގާއިމް ކޮށްދެއްވާނެ ކަން، ސަލީމް ވަނީ އިއުލާން ކުރައްވާފައެވެ.

”އޭދަފުށީގައި ބިނާކުރާ ސްޕޯޓްސް ޕާކްގައި ތަފާތު ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެން ދާނެ. ސްޕޯޓްސް ޕާކްގެ ގޮތުުގައި ތަރައްގީކުރާ ސަރަހައްދުގައި ބޮޑު ފުޓްބޯޅަ ދަނޑެއް ހިމެނޭނެ. އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ދަނޑުގައި މިހާރު އޮތް ފުޓްބޯޅަ ދަނޑު ތަރައްގީ ކުރާނީ ގުދުރަތީ ވިނަ ބޭނުންކޮށްގެން ޓީމްތައް ތަމްރީނު ކުރެވޭ ފެންވަރަށް. ފުޓްބޯޅަ ދަނޑާ އިންވެގެން ދެ ފުޓްސަލް ދަނޑު ތަރައްގީ ކުރާނެ. މި ސްޕޯޓްސް ޕާކްގައި ދެ ވޮލީ ކޯޓާ ޓެނިސް ކޯޓަކާ ބާސްކެޓް ކޯޓަކާ ހޭންްޑްބޯލް ކޯޓެއް އަދި ނެޓްބޯލް ކޯޓެއްވެސް ގާއިމް ކުރެވިގެން ދާނެ. މި ކުޅިވަރު ކޯޓް ތަކާއެކު ކުޅި ބެލޭނެ ގޮތަށް ސިޑިބަރިއެއްވެސް ތަރައްގީ ކުރާނެ. އިތުރު ވަސީލަތްތަކުގެ ތެރޭގައި ޗޭންޖިންގ ރޫމާ މެޑިކަލް ރޫމެއްގެ އިތުރުން ރެފްރީންގެ ރޫމާ މީޑިއާސްޓޭޝަނެއް ހިމެނޭނެ.“ ސަލީމް ވިދާޅުވެފައި ވެއެވެ.

މާއްޑޫ ތަރައްގީ ކުރުން

އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެހިފައިވާ މާއްޑު ޑިޒައިން ކުރުމުގެ ބާރު ސްޕީޑް ގައި ކުރިއަށް ދާއިރު އެ ރަށް ޕްލޭން ކުރެވިގެން ދާނި ޒަމާނީ ސިޓީއެއްގައި ދިރިއުޅުމަށް ބޭނުންވާނެ އަސާސީ ވަސީލަތްތަކާ ޚިދުމަތްތައް ލިބޭނެ އިގްތިސާދީ ނާރެހެއްގެ ގޮތުގައެވެ. ހުރިހާ ފަންތިއަކަށް އަމާޒުކޮށް އަސާސީ ޚިދުމަތްތަކާ ވަސީލަތްތައް ފުރިހަމަ ވެފައިވާ އިގްތިސާދި ގޮތުން ފުރިހަމަވެފައިވާ 6000 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ.

ސަލީމްގެ ފަހުބަސް

އޭދަފުއްޓަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑު މެޖޯރިޓީއެއް ދެއްވި ރަށެކެވެ. މިފަހަރުގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެ ތާއީދު ރައީސް މުއިއްޒަށް އޮތްކަން ދައްކަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

 

”ދާއިރާގެ ތަރައްގީއަށް ކުރެވުނު ހުރިހާ ކަމެއްގައި ލާމަސީލު ކަމާއެކު ދެވަނަ ބަހެއް އޭގަ އަޅުގަނޑަށް ބޭނުން ނުވެސް ކުރެވޭހައި ފުރިހަމައަށް ލާމަސީލުކަމާއެކު އިއްޒަތްތެރި މަޖިލިސް މެންބަރެއްގެ ކިބައިން ފެނިވަޑައިގަންނަވަން ޖެހޭ ހުރިހާ ޒިންމާދާރު ކަމަކާއެކީގަ، އިޚްލާސްތެރި ކަމަކާ އެކީގަ މަސައްކަތް ކުރެއްވި ބޭފުޅެއް އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. ވީމާ ދެވަނަ ވިސްނުމަކަށް ދާއިރާގެ ރައްޔިތުން ވަޑައިގަންނަވާނެ ކަމެއްނެތް. އެންމެން އެކަތިގަނޑަކަށް ވެ  މިރަށުގެ ތަރައްގީއަށް ޓަކާ އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ވަރަށް ގިނަ މަސައްކަތް، އެހުރިހާ ކަމެއް ކުރުމަށް އަޅުގަނޑަށް ވަރަށް މުހިއްމުވާނެ މިގޮތަށް މި ލާމަސީލު ކަމާއެކީގަ އަޅުގަނޑަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ބޭފުޅަކު މަޖިލީހުގައި އިންނަވަން. އެހެންވީމާ ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެ ވަޑައިގެން އަޅުގަނޑުގެ 100 ޕަސެންޓް ތާއީދު އޮތް ސަލީމް، ކެންޑިޑޭޓް ނަންބަރު 1 ހޮއްވަވައި ދެއްވުމަކީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމެއް.“ރައީސް، މުއިއްޒު ވިދާޅުވެފައި ވެއެވެ.

ސަރުކާރާ ގުޅިގެން ރައީސް މުއިއްޒު އިލްތިމާސް ކުރައްވާފައިވާ ފަދައިން އޭދަފުށީގެ ތަރައްގީއާއި ކުރިއެރުމަށް އަދި އަޅުގަނޑު އޭދަފުށީގެ ކުރިއެރުމާއި ތަރައްގީއަށް ކުރަން ރާވާފައިހުރި ކަންކަން ފުރިހަމަ ކުރުމަށް އަޅުގަނޑަށް ވޯޓު ދެއްވާށެވެ. މިދާއިރާއަށް ލިބޭނެ ނަސީބުވެރި 5 އަހަރު ކަމުގައި ވެގެން ދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top