ކޮވިޑް ޖެހޭތާ 11 ދުވަސްފަހުން ބަލި ނުފެތުރޭނެ- ދިރާސާ

271790_3_cf270c60710502966a6906d24c686d5e340a64f0_medium.jpg

ކޮވިޑް19 ޖެހޭތާ 11 ދުވަަސް ފަހުން ވައިރަސް އެމީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ނުފެތުރޭ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ސިންގަޕޫރުގެ ނެޝަނަލް ސެންޓަ ފޯ އިންފެކްޝަސް ޑިޒީޒަސް (އެންސީއައިޑީ) އާއި އެކަޑަމީ އޮފް މެޑިސިން އިން ކުރި މި ދިރާސާ އިން ދައްކާ ގޮތުގައި ވައިރަސް ޖެހޭތާ 11 ދުވަސް ފަހުން ވައިރަހަށް ޕޮޒިޓިވް ވިކަމަށް ޓެސްޓުތަކުން ދެއްކި ކަމަށް ވިޔަސް އެމީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަހެއް ނުފެތުރޭނެއެވެ. އެހެންނަމަވެސް ބަލި ޖެހުނުތާ 11 ދުވަސް ފަހުން އެމީހާގެ ގައިގައި ކޮވިޑް ހުރި ކަމަށް ޓެސްޓުތަކުން ދައްކާނެ ކަމަށެވެ.

މި ދިރާސާގެ ރިޕޯޓަށް ގައިން ގަޔަށް އަރާ ބަލި ތަކާއި ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި 11 ދުވަސް ފަހުން ވައިރަސް އެމީހެއްގެ ގައިގައި ހުރިނަމަވެސް ވައިރަސް އައިސޮލޭޓެއް ނުކުރެވެއެވެ. އައިސޮލޭޓު ކުރުމަކީ އިތުރު އާޓިފިޝަލް ވަސީލަތެއް މެދުވެރިކޮށް ވައިރަސް އާލާކޮށް އާލާ ކުރެވޭ މިންވަރާއި ހުރި މިންވަރު ދެނެގަތުމެވެ.

އަދި ވައިރަސް އެގޮތަށް އާލާ ނުކުރެވޭނަމަ އެހެން މީހުންގެ ގަޔަށް ވައިރަސް ޖެހުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނޯންނާނެ ކަމަށް ވެސް އެ ދިރާސާގެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

މި ދިރާސާ ކޮށްފައިވަނީ ބަލި ޖެހިފައިތިބި 73 އަށް ވުރެ ގިނަ މީހުން ހިމަނައިގެން އެމީހުން ގައިގައި ވައިރަސް ހުރި މިންވަރު ދެނެގަނެ އަދި އެހެން މީހުންގެ ގަޔަށް ވައިރަސް ފެތުރުމުގައި ހުރި ގާބިލުކަމުގެ މިންވަރު ބަލައިގެންނެވެ.

މި ދިރާސާއާ ގުޅިގެން ސިންގަޕޫރުގައި ބަލި މީހުން ޑިސްޗާޖު ކުރާ ގަވައިދަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައެވެ. މިހާރު އެގައުމުގައި ކޮވިޑުގެ ބަލިމީހުން ދޫކޮށްލަނީ އައިސޮލޭޝަނަށްފަހު ޓެސްޓު ހަދައި ނެގެޓިވްވުމުންނެވެ.

ސިންގަޕޫރުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 31،000 އަށް އަރާފައިވާ އިރު، އެގައުމުން ބަލި ޖެހުނު 45 ޕަސެންޓް މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top