ބ.އަތޮޅު މަދަރުސާތަކުގެ ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށައިފި

34608444_2386175084742361_4186093306725269504_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ޓެބްލެޓްހަވާލުކުރުމަށް އޮތް ރަސްމިއްޔާތު

ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓްތައް ސްކޫލްތަކާ ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ބ.އަތޮޅު ސްކޫލްތަކުގެ ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލު ކުރަން ފަށައިފިއެވެ.

އެގޮތުން ބ.އަތޮޅު މަދަރުސާއާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އަތޮޅުގެ އެހެންރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށްވެސް މިއަދު ވަނީ ޓެބްލެޓް ހަވާލު ކޮށްފައެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލު ކުރުމަށް މިއަދު އެ ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވި ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާނު ކޮށްފައިވާ ގޮތުގެ މަތިން އަންނަ ޓާމް ފެށުމުގެ ކުރިން މި އަތޮޅުގެ ހުރިހާ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ޓެބްލެޓް ފޯރުކޮށްދޭނެއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުން ކޮށްގެން އަންނަ ޓާމުން ފެށިގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ އިރު ސްކޫލްތައް މިހާރުވަނީ އެކަމަށް ތައްޔާރުވެފައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ގޮތުން ހުރިހާ ސްކޫލެއްގައި އިންޓަނެޓްގެ ނިޒާމް ގާއިމް ކުރެވިފައިވާއިރު ސްކޫލުތަކުގެ ޓީޗަރުންނަށް ގޫގުލް ލެވެލް އެކެއް އަދި ދޭއްގެ ކޯސްތައް ކުރިއަށް ގެންގޮސް ޓެބްލެޓަށް ޓީޗަރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top