ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ޑރ.ޝަހީމް

big_wv0dV381KdUwJ8S.jpg

ޑރ.ޝަހީމް ރައީސް ޔާމީން އާއެކު

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވިޓެއްގައި ބުނެފައިވަނީ މިރޭ ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ވަނީ  2018 އަށް އެކުގައިވަޑައިގަންނަވާނެ ރަނިންގމޭޓަކަށް މުހައްމަދު ޝަހީމް ހަމަޖެއްސެވިކަން ހިއްސާ ކުރައްވާފަކަމުގައެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި އުމުރުން 41 އަހަރުގެ ޑރ. ޝާހިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ޑރ ޝަހީމްއަކީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ނަމަވެސް ވަކި ހިސާބަކުން އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަވާ ރާއްޖޭގައި އަލަށް އުފެއްދި އިސްލާމިކް ޔުނިވާސީޓިގެ ވައިސް ޗާންސެލާރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އެއަށްފަހު މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޔުނިވާސިޓީގެ ޗާންސެލާރ ކަމުގެ މަގާމެވެ.

ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި، އުމުރުން 41 އަހަރުގެ ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ގއ. މާމެންދު އަށް އުފަން ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ.

ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top