އާސްތާނާ ޝުކޫރު އަވަހާރަ ވެއްޖެ

medium_172319-750x435.jpg

ޝުކޫރު ،އާއިލާގެ ބައެއް ބޭފުޅުންނާއެކު

ދިވެހި ސަރުކާރަށާއި ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މ. އާސްތާނާ އަބްދުއްޝަކޫރު މިއަދު އަވަހާރަ ވެއްޖެއެވެ.

އަބްދުއްޝަކޫރު އަވަހާރަވެފައިވަނީ ފާއިތުއި ދޮޅުމަހެއްހާ ދުވަހު އާލާސްކަންފުޅު ބޮޑުވެ އައިޖީއެމްޗްގައި ފަރުވާ ހޯއްދަވަމުންދަނިކޮށ އުމުރުން 79 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަބްދުއްޝަކޫރު އަކީ ދިވެހި އަދަބިއްޔާތަށް ގިން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުލެކެވެ. އޭނާގެ އެޚިދުމަތްތައް އާއްމުންނަށް ތައާރަފްވެފައިވަނީ 1970 އާއި 80ގެ އަހަރުތަކުގައި ރާއްޖޭގައި ނުކުތް މަޖައްލާ ”އާބާރު”ގައި އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާކުރެއްވި ލިއުއްވުން ތަކުންނެވެ. އޭގެ ފަހުން އަމިއްލަފުޅު މަޖައްލާ “އާރު “ގައި ވެސް އުރުދޫ ބަހުގެ ރީތި ވާހަކަ ތަކެއް ދިވެހި ބަހަށް ތަރުޖަމާކޮށް ނެރެދެއްވާފައިވެއެވެ.

ލިއުންތެރިކަމުގެ ގޮތުން 1985 ވަނަ އަހަރު އާއްމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަކޫރު ގާތްގަނޑަކަށް 200 އެއްހާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާކުރެއްވި ކަމަށްވެ އެވެ.

އަބަދުއްޝަކޫރު ވަނީ ސަރުކާރުގައިވެސް ގިނަ ދުވަސްތަަކެއްގައި ތަފާތު ވުޒާރާ ތަކުގައި ޚިދުމަތް ކުރައްވާފައެވެ. އެންމެ ފަހުން އަދާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރުގެ މަޤާމެވެ. މީގެއިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުހިންމު ބައެއް މަޤާމުތަކާއި އޯޑިޓް އޮފީހާއި މަޙްކަމަތުލް ޝަރިއްޔާ، ވުޒާރާތުލް މާލިއްޔާ އަދި މޯލްޑިވިއަން ގަވަމަންޓް ބޮޑު އިސްޓޯރުގެ ބައެއް މުހިންމު މަޤާމުތައްވެސް ޢަބްދުއްޝަކޫރު އަދާކުރައްވާފައިވެއެވެ.

އަލްމަރްޙޫމް ޢަބްދުއްޝަކޫރު ޢަލީ އަވަހާރަވިއިރު އަނބިކަނބަލަކާއި 8 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން 4 ބޭފުޅަކާއި، 4 އަންހެން ބޭފުޅުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top