ބަބްލީ ސުޕާރީގައި ދުންފަތުގެ އަސަރު ހުރޭ :އެމްއެފްޑީއޭޭ

ggggg-696x414.jpg

ބަބްލީ ސުޕާރީ އުފައްދާފައި ހުންނަނީ ދުންފަތް ހިމަނައިގެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ ) އިން ބުނެފިއެވެ.

އެއޮތޯރިޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާޢްޖެއަށް އެތެރެކޮށްގެން ވިއްކާ ތަފާތު ބްރޭންޑުތަކުގެ ސުޕާރީގައި ދުންފަތް އެކުލެވޭތޯ ބެލުމަށް އެ މިނިސްޓްރީން ދިރާސާ ކުރަމުންދާކަމަށާއި އެ ދިރާސާތަކުން ބަބްލީ ސުޕާޜީގައި ދުންފަތުގެ އަސަރު ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ ދުންފަތުގެ އަސަރު ހުރިކަމަށް ޓެސްޓް ތަކުން ދައްކާފައިވާތީ ބަބްލީ ސްޕާރީގެ އިތުރު ބެޗްތަކެއް ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށާއި  ސުޕާރީގެ އެހެނިހެން ބްރޭންޑް ތަކުގައި ދުންފަތުގެ އަސަރު އެކުލެވޭތޯ ބެލުމަށްވެސް ތަހުލީލުތައް ކުރަމުންދާކަމަށެވެ.

މީގެ އިތުރަށް ބުނެފައިވަނީ ސުޕާރީ އަކީ ދުންފަތް އެކުލެވޭ އެއްޗެއް ގޮތަށް މާކެޓް ކުރާ އެއްޗެއް ނޫން ކަމަށާއި އޭގެ ލޭބަލްގައި އެކަން ފާހަގަ ކޮށްފައި ނުވާތީ އެކި އުމުރު ފުރައިގެ މީހުން އޭގެ ބޭނުން ކުރާކަމަށެވެ. އެހެން ކަމުން ދުންފަތް އެކުލެވޭ ސުޕާރީ ބޭނުން ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މަގު ފަހިވާނެ ކަމެއްކަމުގައެވެ. ވީމާ ކުޑަކުދިން ސުޕާރީ ބޭނުން ކުރުމަކީ ސިއްހަތަށް ގެއްލުންތައް ލިބޭނެ އެއްޗެއް ކަމަށާއި އެކަމަށް ސަމާލުވުމަށް އެދޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top