އޭދަފުށީގައި އަނެއްކާވެސް ނަމާދު ވޯކްޝޮޕެއް

IMG_20201209_143239869_BURST001.jpg

އޭދަފުށީގައި ބޭއްވި ނަމާދު ވޯކްޝޮޕެއްގައި ބައިވެރިވި ދަރިވަރުން ކޮޅެއް

ޕީސް ފައުންޑޭޝަނާއި އައި އައި ޓީ އީގެ ބަހިއްޔާ ކެމްޕަސް އަދި އޭދަފުށީ ކައުންސިލް ގުޅިގެން އޭދަފުށީގައި ނަމާދު ވޯކްޝޮޕެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މީގެ ކުރިންވެސް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ވަނީ އޭދަފުށީގައި ފަސް ދުވަހުގެ މުއްދަތަށް ނަމާދާބެހޭ ވޯކްޝޯޕެއް ބާއްވާފައެވެ.

އޭގެ ފަހުން އަނެއްކާވެސް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިވޯކްޝޮޕް އޮންނާނީ މިމަހުގެ 15، 16 އަދި 17 ގައި ބަހިއްޔާ ކެމްޕަހުގައެވެ.

މިވޯކްޝޮޕްގެ މަގުސަދަކީ ނަމާދާއި ބެހޭ މުހިއްމު މައުލޫމާތު ފޯރުކޮށްދިނުމާއި ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމާއި ނަމާދަށް އަހުލުވެރި ކުރުވުމާއެކު ނަމާދަށް ލޯބިޖެއްސުމެވެ.

”މިހާރުވެސް އަދި އަބަދުވެސް ނަމާދާއި ގުޅުން ހުރި މިފަދަ ވޯކްޝޮޕްތައް ގިނަގިނައިން ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް. ނަމާދުގެ ރުކުންތަކާއި ހަރަކާތްތަށް މުތާލިއާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްވެސް މެ“ ބަހިއްޔާ ކެމްޕަސްގެ މެނޭޖަރު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި ހުރިހާ އުމުރެއްގެ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބައިވެރި ވެވޭނެއެވެ.

ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް ނިމާލް މުޙައްމަދެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށާއި ރަޖިސްޓާ ކުރެއްވުމަށް 9631111 އާއި ގުޅުއްވުމަށް އެފަރާތުން އެދިވަޑައިގަންނަވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top