ކޮވިޑް ނިމިއްޖެކަމަށް ބެލުން އަދި އަވަސް: ނަސީމް

big_rFGceM5BClifx7gxoFz3kG7e6.jpg

ކޮވިޑް 19ގެ ބަލިމަޑުކަން ނިމިއްޖެކަމަށް ބެލުން އަދި އަވަސް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ 2020 ވަނަ އަހަަރުގެ ތަފާސްހިސާބު ރިޕޯޓް އާންމުކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިިސްޓަރު ނަސީމް ވިދާޅުވީ ދުނިޔޭގައި އުޅޭއިރު ކުރިމަތިވާ ކަންކަމުން އިބްރަތް ހާސިލްކުރަންޖެހޭ ކަމަށެވެ.

މާޒީގައިވެސް ރާއްޖޭގައި ބަލިމަޑުކަން ފެތުރި އަދި ބައެއް ކާރިސާތައް ހިނގާފައިވާ ކަމަށާއި ތަފާސްހިސާބުން އެކަންކަމުގެ މައުލޫމާތު ސާފުވެގެންދާ ކަމަށް ނަސީމް ވިދާޅުވި އެވެ. އެގޮތުން ބަލާއިރު ކޮވިޑް ނިމިއްޖެ ކަމަށް ނިންމަން އަދި އަވަސް ކަމުގައި ވިދާޅުވި އެވެ.

“ދުނިޔޭގައި އުޅޭހާ ހިނދަކުން އަޅުގަނޑުމެންނަށް އަބަދުވެސް މިކަހަލަ ކަންކަމާ ދިމާވާނެ. އެއްކަމަކުން އިބުރަތް ހޯދައިގެން އަނެއް ކަމަކަށް ތައްޔާރުވެގެން އަބަދު ވެސް ތިބެން ޖެހޭނީ،” އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ނަމަވެސް ކޮވިޑް ފެތުރޭތީ ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ.

މިދިޔަ ހަފްތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ސީނިއާ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ އެ ޕާޓީގެ ކުރީގެ ޕީޖީލީޑަރު އަލީ އާޒިމް ވަނީ ކޮވިޑް ނިމިއްޖެ ކަމަށް ބަލައި މާސްކް ނަގަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

”ސަރުކާރަށް ގޮވާލަން ސަރުކާރަށް ދަންނަވަން އެބަޖެހޭ، މިހާރު ކޮވިޑް ނިމިއްޖޭ. އަޅުގަނޑުމެން ކުރީގެ ދިރިއުޅުމަށް އަނބުރާ ރުޖޫއަވާން ޖެހިއްޖޭ.“ އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top