އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓަރީ ވާން ޖެހޭ!

viber_image_2020-08-18_13-48-24.jpg

އޮންލައިންކޮށް ވިއްކުމަށް އިޝްތިހާރު ކޮށްފައި.

އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓަރީ ވާން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީގެފަހުން ރަޖިސްޓްރީނުކޮށް އޮންލައިން ވިޔަފާރި ނުކުރެވޭނެ ކަމަށާ އެގޮތަށް ކާބޯތަކެތި ވިއްކާ ފަރާތްތަަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެއިއުލާނުގައި އިތުރަށް ބުނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ދުންފަތުގެ ބާވަތްތައް އޮންލައިންކޮށް ވިއްކުމާއި އަދިވެސް އެނޫން ގޮތް ގޮތަށް އިޝްތިހާރު ކޮށްގެން ބައެއް ފަރާތްތަކުން އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުން އެކަން ކުރަނީ އެ އެޖެންސީ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މިހާރު ވަނީ އެފަދަ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެޗްޕީއޭ އިން ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިފަހަކަށް އައިސް އޮންލައިންކޮށް ވިޔަފާރި ކުރެވޭ ފުރުސަތު ހުޅުވިފައިވާތީ ގިނަ އަދަަދެއްގެ މީހުން ދަނީ ގޭގައި ކާބޯތަކެތި އުފައްދާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އިސްތިހާރުކޮށް އެފަދަ ތަކެތި ވިއްކަމުންކަން ފާހަގަ ކުރެވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top