ގަވަރުނަރު ވަކިކުރުމުގެ މަސައްކަތް ފަށައިފި

Screenshot-2024-07-02-at-09.42.39-1.jpeg

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރަން ލަފާދޭން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ އެމްއެމްއޭގެ ގަވަރުނަރު، ޒިންމާތައް އަދާކުރައްވަމުން ގެންދަވާ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ނާޒިމްގެ ހުށަހެޅުއްވުމަށް މާލިއްޔަތު ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ގަވަރުނަރު ވަކިކުރުމަށް ރައީސްއަށް ލަފާއެރުވުމުގެ މައްސަލަ މަޖިލީހުގެ ރައީސްއަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށިއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ވަަޑައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top