ޒުލްފާ ވިދާޅުވަނީ ކައުންސިލަރުންނަށް ބައެއް ފަހަރު މަގާމުގެ މަސްއޫލިއްޔަތު ނޭނގޭ ކަމަށް

ނމނމ.png

އިންތިޚާބުގެ ތެރޭގައި އެކި ވައުދުތައް ވިޔަސް ކައުންސިލަރުންނަށް ބައެއް ފަހަރު މަގާމުގެ މަސްއޫލިއްޔަތު ނޭނގޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ އިންތިކާބުގެ ތެރޭގައި އެކިއެކި ވައުދުތައް ވިޔަސް ކައުންސިލަރުންނަށް ބައެއް ފަހަރު މަގާމުގެ މަސްއޫލިއްޔަތު ނޭނގޭ ކަމަށާއި ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ގާނޫނުގައިވާ ގޮތަށް އަދާނުކުރާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ކަމަށެވެ.

ޒުލްފާ ވިދާޅުވީ ޕާޓީތަކުގެ ކުލަތައް ދޫކޮށް ގާނޫނީ ގޮތުން ކައުންސިލަރުން މަތިކޮށްފައިވާ ކަންކަން ކުރުމުގެ ރޫހު ބައެއް ކައުންސިލަރުން ނުގެންގުޅޭ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކައުސިލަރުން އިންތިހާބުވުމަށް ފަހު ހުވާ ކުރުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްގައި ބައިވެރިކޮށް އެއިން ފާސްވުމުން ނޫނީ މަގާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ޒުލްފާ ވަނީ ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.

މީގެ ސަބަބުން ކައުންސިލަރުކަމަށް އިންތިޚާބުވާ މީހުންނަކީ ގާނޫނާ އެއްގޮތަށް އަމަލުކުރާ ބަޔަކަށް ވާނެ ކަމަށް ޒުލްފާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top