އޭދަފުއްޓަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ

މިއަދު ވިއްސާރަވެހެމުންދިޔަ ވަގުތެއްގައި އޭދަފުށީގެ މަގަކުން މީހަކު ބައިސްކަލެއްގައި ދަނީ / ފޮޓޯ: އަބްދުލްޤައްޔޫމް

މިއަދު ވިއްސާރަވެހެމުންދިޔަ ވަގުތެއްގައި އޭދަފުށީގެ މަގަކުން މީހަކު ބައިސްކަލެއްގައި ދަނީ / ފޮޓޯ: އަބްދުލްޤައްޔޫމް

ރެއާ މިއަދު ހެނދުނު އޭދަފުއްޓަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ދަތިވެއްޖެއެވެ.

އޭދަފުއްޓަށް ބޯކޮށް ވާރޭވެހިފައިމިވަނީ ބޯފެނުގެ ދަތިކަން އާންމު ރައްޔިތުން އިހްސާސްކުރަމުންދާތާ ދުވަސްކޮޅެއްވެފައި ވަނިކޮށެވެ. މިކަމަށް ހައްލެއް ހޯދުމަށް ކައުންސިލުން މިދިޔަ ހޯމަދުވަހުން ފެށިގެން ޕްލާންޓްފެންވެސް ދޫކުރަން ފެށި ފަހުންނެވެ.

ރޭ ފަތިހުއްސުރެ ވެހެމުންދިޔަ ބޯވާރޭ މިއަދު މެންދުރާ ހަމައަށްވެސް ކޮންމެވެސްވަރަކަށް ވެހެމުންދިޔައެވެ. އަދި އޭދަފުށީގެ ގިނަގޭގޭގެ ތާނގީތަކަށް ފެން އެޅުމަށް ފަތިހު ގިނަބަޔަކު ފުރާޅުތައްމަތީގައި ހަރަކާތްތެރިވަމުން ދިޔަކަންވެސް ފާޙަގަކުރެވުނެވެ.

އޭދަފުއްޓަށް ބޯކޮށްވާރޭވެހި ގިނަ މަގުތަކުގައި ބޮޑެތި ފެންގަނޑުތައް ހެދިފައިވާއިރު ބައެއް މަގުތަކުގައި ފޫޓެއްހާ ފުންމިނުގައި ފެން ހެދިފައިވުމުގެ ސަބަބުން އޮފީސްތަކަށާ، އާންމުބޭނުންތަކަށް ތަންތަނަށް ދާމީހުންނަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އޭދަފުށީގެ އިތުރުން މިއަދު ބ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް ގަދަވަޔާއެކު ވިއްސާރަވެހިފައިވެއެވެ. އަދި ކަނޑުދަތުރު ފަތުރަށްވެސް ކޮންމެވެސްވަރަކަށް ބުރޫ އެރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top