ޝާހިދު ތުޅާދުއަށް ވަޑައިގަތުމުން މުޒާހަރާކޮށްފި

FpgcJktaEAAJAhz.jpeg

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބ.ތުޅާދޫގައި އޮތް ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަޑައިގަތުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާ ކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިން ބޯޑުތައް ހިފައިގެން އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ ކުރީގެ ރައީސް ޔާމީންގެ ކޯޓު މައްސަލާގައި ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ބެލެވޭތީ އެ މީހުންގެ ޝަކުވާތައް މިނިސްޓަރު ޝާހިދާ ދިމާލަށް އަމާޒުކޮށްފަ އެވެ.

ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި އެ މުޒާހަރާތަކުގެ ސަބަބުން މިނިސްޓަރު ޝާހިދު ލޯންޗުން ފައިބައި ވަޑައިގެން ރަށަށް ވަދެވަޑައިގަތުމުން ފުލުހުންގެ ގާޑުން ވެސް ތިއްބަވަން ޖެހުނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ.

މުޒާހަރާގެ ބައިވެރިންގެ ސަބަބުން ފުލުހުންގެ ޓޭޕްތަކާއި ބެރިކޭޑްތަކުން ވަށައިގެން ފުލުހުންގެ ހިމާޔަތުގައި މިނިސްޓަރު ރޭވިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން މަޖުބޫރުވި އެވެ

ރައްޔިތުންގެ ކަންބޮޑުވުންތައް އުފެދިފައި މިވަނީ ރައީސް ޔާމީންގެ ކޯޓުގެ މައްސަލާގައި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ރާއްޖޭގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކޯޓުތަކުގެ ނިޒާމުގެ އިތުބާރު ގެއްލި، ގައުމުގެ ޑިމޮކްރެޓިކް ހަމަތަކަށް ނުރައްކާ ވެދާނެ އެވެ.

މި ހާދިސާއިން ދޭހަވަނީ ސަރުކާރާއި އާންމުންގެ ބައެއް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ކަމެވެ. އިންސާނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނުގެ ވެރިކަން ފަދަ މުހިންމު ކަންކަމުގައި ސަރުކާރުން އަމަލުކުރާ ގޮތާ މެދު މިފަހަކަށް އައިސް އެކި ޖަމާއަތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top