ދިރާސީ އާ އަހަރު ފެށުން އޮގަސްޓް 6 ގައި

DSCN1025.jpg

ދިރާސީ އާ އަހަރު، އަންނަ އޮގަސްޓްމަހުގެ ހަވަނަ ދުވަހު ފަށާ ގޮތަށް ދިރާސީ އަހަރުގެ އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި 2024-2023 ގެ އެކަޑެމިކް ކަލަންޑަރު ބުނާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގައި ޖުމްލަ 93 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަޖެހިފައި ވާއިރު ފުރަތަމަ ޓާމް ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހަށް ބަދަލުކުރީ 2021 ވަނަ އަހަރުން ފެށިގެންނެވެ. މީގެކުރިން ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީގަ އެވެ.

މިނިސްޓްރީން ބުނީ މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ފައިދާ ދިރާސާކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުން ލިބޭ ފުރުސަތުތައް ދަރިވަރުންނަށް އިތުރުވެގެން ދާނެ ކަމަށާއި އެކެޑެމިކް ކަލަންޑަރަށް ގެނެސްފައިވާ ބަދަލަކީ އެތަންތަނުގެ ކަލަންޑަރާ އެއްގޮތަކަށް ގެނެސްފައިވާ ބަދަލެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top