މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުޅަނދުގެ ވެރިފަރާތުން ނަގަން ޖެހޭ

DSC_5592-2048x1367-1.jpg

ކަނޑުދަތުރު ކުރާ އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ އުޅަނދުގެ ވެރިފަރާތުން ދޭން ޖެހޭ ގޮތަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވައިދު އެކުލަވާލައިފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލި އެ ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ.

އޭގައި ބުނެފައި ވަނީ އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އުޅަނދުގެ ކެޕްޓަނުން ކަނޑު ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުވާތެރިކަމާއެކު ދަތުރުކުރަމުން ދަނިކޮށް އުޅަނދުގެ ކެޕްޓަނުގެ ނުވަތަ ވެރިފަރާތުގެ ގަސްތަކާ ނުލައި ދިމާވާ ހާދިސާއަކާ ގުޅިގެން މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

ގަވާއިދުގައިވާ ގޮތުން ކަނޑުމަގުން މުދާ އުފުލާ އުޅަނދުގައި މުދާ ބަހައްޓަންވާނީ އުޅަނދަށާއި އުޅަނދުގައި ތިބި މީހުންނަށް ގެއްލުމެއް ކުރިމަތިނުވާނެ ފަދަ ރައްކާތެރި ގޮތަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top