ކިއުއާރް ބޭނުންކޮށްގެން ކުރެވޭ ވިޔަފާރި ބީއެމްއެލް އިން ލިމިޓްކޮށްފި

large_167696196145w5aP.png

މޯބައިލް ވޮލެޓް ---

ކިއުއާރް ބޭނުންކޮށްގެން ކުރެވޭ ވިޔަފާރިތަކަށް ބީއެމްއެލް އިން ބަދަލުގެނެސްފި އެވެ.

ބޭންކުން މިއަދު ބުނީ ކިއުއާރް ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ -/750 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ކިއުއާރް ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ ގިނަވެގެން ދިހަ މުއާމަލާތް ކަމަށެވެ.

މި ލިމިޓްތަކަށް ވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުން ކޮށްގެން މުއާމަލާތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ ކުރިން މޯބައިލް ވޮލެޓުން ކިއުއާރު ބޭނުން ކޮށްގެން މުއާމަލާތް ކުރުމަށް ވަކި ވަރެއް ކަނޑައަޅާފައެއް ނޯވެއެވެ.

ބެންކުން މިބަދަލުތައް ގެނެސްފައި މިވަނީ ސްކޭމްތައް ގިނަވެ އެތައް ބައެއްގެ އެކައުންޓްތަކުން ފައިސާ ފޭރުން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.

ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕްގެ އާ އަޕްޑޭޓާ އެކު ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ތައާރަފު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top