ބ.އަތޮޅު ކައުންސިލުގެ ޤުރުއާން މުބާރާތް މިއަހަރު ތުޅާދޫގައި

DSCN8791.jpg

ބ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގުރުއާން މުބާރާތް މިއަހަރު ތުޅާދޫގައި ބާއްވަން ނިންމައިފި އެވެ.

އަތޮޅު ކައުންސިލުން ބުނީ މި ގޮތަށް ނިންމާފައިވަނީ، ތުޅާދޫގައި މި މުބާރާތް ބޭއްވުމަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖެހެން ހުރުމާއެކު ކައުންސިލުގެ ޓްރޭނިން އަދި ސްކިލްސް ޑިވެލޮޕްމަންޓް ކޮމެޓީން ކަމުގަ އެވެ.

އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވަމުން އަންނަނީ ދިވެހިރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމުގެ ގޮތުންނެވެ.

މިމުބާރާތުން ހޮވޭ ދަރިވަރުންނަށް ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top