ސޮބާސް ކިޗަން: ހުރިހާ ރަހަތަކަށް އެއްވަނަ

WhatsApp-Image-2023-02-19-at-17.14.48.jpg

ސޮބާސް ކިޗަންގެ ވެއިޓަރަކު ސާވް ކޮށްދެނީ / ފޮޓޯ ސޮބާސް ކިޗަން

(ގައްޔޫމްނަސީރު)

އޭދަފުށީ ބޮޑު މަގުން ހުޅަނގަށް ދަތުރު ކުރާއިރު ފެންނަ ފުޓުބޯޅަ ދަނޑާ ޖެހިގެން ހުންނަ ހަބުރީގެ އިމާރާތުގެ 3ވަނަ ފަންގި ފިލާއާއި ޓޮޕް ފްލޯގައި ފެންނަން އެހެރީ އޭދަފުއްޓަށް ވަރަށް ފަހުން ތައާރަފް ވެގެން ދިޔަ ”ސޮބާސް ކިޗަން“އެވެ. ބަވަނަ ވެފައިވާ ދުނިޔޭގެ ދަތުރުވެރިންނާއި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު ބައެއް ފަހަރު އެކްސްޕްލޯ ކުރުމުގެ ގޮތުން ރިސޯޓު ތަކުގެ ކައިރި ރަށްރަށަށް ޒިޔާރަތް ކުރާއިރު އެ މީހުންގެ ގައުމީ ރަހަތައް ލިބޭ ރެސްޓޯރެންޓެއް ނެތުމަކީ އުނި ކަމެކެވެ. ހަމައެހެންމެ ދިވެހިންނަކީވެސް ތަފާތު ރަހަތަކާއި މީރު ކެއުންތަކަށް ޒަމާނުއްސުރެ ހިތްޖެހިފައިވާ ބައެއްކަމަށް ވެފައި ހިތްފަސޭހަ މާހައުލެއްގައި މީރު ކެއުމަކަށް އިންސާފު ކޮށްލަން ބޭނުން އެތައް ބަޔަކުވެސް އުޅެއެވެ.  މި އުނިކަން ފޫބެއްދުމަށް ސޮބާސްކިޗަން ގެ ނަމުގައި ދުނިޔޭގެ ފެންވަރުގެ ރެސްޓޯރެންޓެއް އުފެއްދީ އޭދަފުށީގެ އުތުރުން ޖެހިގެން މި އޮތް ލަގްޒަރީ ރިސޯޓް، ސޮނެވާފުށީގެ މަޝްހޫރު އިންޓަނޭޝަނަލްނަލް ޝެފް، އޭދަފުށީ ބިންހިމަގޭ އަބްދުއްﷲ ސޮބާހާއި ރިސޯޓުތަކުގެ ޓޮޕް ލެވެލްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އޭދަފުށީ ނާޒް ސޮލާހު އަބްދުއްޝަކޫރެވެ.

ސޮބާސްކިޗަން ތަޖްރިބާ ކޮށްލުމުގެ ގޮތުން ރޭގަނޑުކެއުމެއް ނުވަތަ މެންދުރު ކެއުމަކަށް އިންސާފު ކޮށްލިން ހެއްޔެވެ. ނޫނީ ހެދުނުގެ ނާސްތާއެއް ތަޖްރިބާ ކޮށްލައިފިން ހެއްޔެވެ؟ ދެން ބުނެބަލާށެވެ. މާހައުލު ކިހިނެއްހެއްޔެވެ. މެހްމާންދާރީ ކިހިނެއްހެއްޔެވެ. ރަހަތައް ކިހިނެއް ހެއްޔެވެ. މިހުރިހާ ކަމެއް އެއްކޮށްލާފައި އަގާމެދު ކަންބޮޑުވުމެއް އެބަ އޮތް ހެއްޔެވެ؟ ޖަވާބު ދޭނީ އަހަންނެއް ނޫނެވެ. އެތަނަށް ޒިޔާރަތް ކޮށް ރަހަތަކަށް ދެވިހިފާފައި ވާ މީހުންގެ ތެރއިން ވަރަށް މަދު މީހުން ކޮޅެކެވެ.

ސޮބާސްކިޗަން އަކީ އޭދަފުށީގައި މިވަގުތު ހަމަ ހައިޕްރޮފައިލް މީހުންނާއެކު ކެއުމަކަށް ދާން ހުރި ހަމައެކަނި ރެސްޓޯރަންޓޭ ދަންނަވަންޖެހޭނީ. ހެލްދީ ފުޑްސް ލިބޭނެ އެއް ރެސްޓޯރަންޓް އެއީ.  މިއީ އެހެން ރެސްޓޯރަންޓްތަކަށް ބުނާ ދެރަބަހެއްނޫން. އަސްލު މިއީ ހަމަ އެހެން ލެވެލް އެއް މިރަށުގެ އެހެން ރެސްޓޯރަންޓްތަކާ ބަލާއިރު ހިދުމަތަށް ބެލިޔަސް، ފުޑަށް ބެލިޔަސް. މިއަށްވުރެ ޖާގަ  ބޮޑު ތަނެއްނަމަ އަދި ވަރަށް ފުރިހަމަވީސް. ޒުވާނަކު އިސްނަގައިގެން މިފެންވަރުގެ ތަނެއް އޭދަފުށީގައި އޮޕަރޭޓް ކުރުމަކީ އަޅުގަނޑު ޕާސަނަލީ ވަރަށް އުފާވާކަމެއް. ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރަން ސޮލާއަށް.  މުހައްމަދު ރަޝީދު، މެނޭޖަރ / ބ. އަތޮޅު ހޮސްޕިޓަލް

 

އޭދަފުށީ ކައުންސިލްގެ މެންބަރު ނާޒްނީނާ ޔޫސުފުގެ ޚިޔާލަކީ މިއެވެ.

ޝައްކެއްވެސް ނެތް. އޭދަފުށީގައި ހުރި އެންމެ ފެންވަރު ރަނގަޅު ރެސްޓޯރަންޓް. އެތަނުގެ ވިއު އާއި، ޚިދުމަތާއި، ސާފުތާހިރުކަމަށް ބެލިޔަސް ވަރަށް ހިތްހަމަޖެހޭ، އުފާވެރި މާހައުލެއް. ދާހިތުން ދާހިތްވާކަހަލަ ތަނަކަށް އެތަންވަނީ. އަސްލު އެތަނަށް ވަދެވުނީމަ ހީވަނީ މީ އެހެން ގައުމެއްގެ ރެސްޓޯރަންޓެއް ހެން. އެތަނުގެ ސްޓާފުންގެ ސާފުތާހިރުކަމާ، އެމީހުންގެ ހިނިތުންވުން އެއީ ވަރަށް ބަލައިގަނެވޭ ކަމެއް. ސަރުކާރުގެ އިސްބޭފުޅަކު ވަޑައިގަތްކަމަށްވިޔަސް ޚިދުމަތް ދޭން ހުރި އެންމެ ފެންވަރު ރަނގަޅުތަން އެއީ. ސޮލާއަށް ބުނެލާނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ އޭދަފުށިގައި މިފެންވަރުގެ ތަނެއް އުފައްދައި ދިންކަމަށްޓަކައި.—-ނާޒްނީން ޔޫސުފް ،

އޭދަފުށީ ކައުންސިލް މެމްބަރ

 

އިބްރާހީމް އާމިރަކީ ކިޔަވައިގެން ހުންނެވި މަޝްހޫރު ޝެފެކެވެ. މާލެއާއި އޭދަފުށީގައި ސަލްސާ ޗެއިންގެ ދަށުން ރެސްޓޯރެންޓް ތަކެއް ހިންގަވާފައިވާ ތަޖްރިބާކާރު ޝެފެއްމެއެވެ. އޭދަފުށީގެ އާއިލާއަކަށް ނިސްބަތްވާ މއ. ފްރީޕާކް އިބްރާހީމް އާމިރު ، ސޮބާސް ކިޗަން އާ މެދު ވިދާޅުވަނީ ކީކޭހެއްޔެވެ؟

”ސޮބާސް ކިޗަން“ ގެ ނަމުންވެސް އެނގޭ އެއީ ބްރޭންޑެއް ކަން. ސޮޮބާއަކީ އިންޓަނޭޝަނަލް ޝެފެއް. އެފެންވަރު އެތަނުން ފެނުނު. މުވައްޒަފުންގެ ހިނިތުންވުމާ ތަނުގެ ސާފުތާހިރު ކަމާ މާހައުލުގެ ހިތްގައިމުކަން  ތަޖްރިބާ ކުރެވުނު. ސާވިސްވެސް ވަރަސް ރަނގަޅު ކަމަށް ދެންނެވޭނީ. ހާއްސަކޮށް އެތަނުގެ ބްރެކްފާސްޓް. އޭގައި ހިމެނިފައިހުރި މަސްހުނި ފާހަގަކުރެވުނު. . ކޮށާފަހުރި ގޮތާ މައްސުނި މޮޑެފައިހުރި ގޮތާއި މޮޑެފައި ހުރި ހެޔޮވަރުގެ މިންގަނޑު. ހަމަ ވަރަށް މީރު. ދެން ހަމަ ހުރިހާ އެއްޗެއް ވަރަށް މީރުވުމަކީ ނާދިރު ކަމަކަށް ވާނީ. އެހެންނަމަވެސް ޖުމްލަކޮށް ބަލާއިރު ދެންނެވޭނީ ސޮބާސް ކިޗަންއަކީ އޭދަފުށީގެ ނަންބަރު ވަން ރެސްޓޯރަންޓޭ.

ފާއިޒް އިދްރީސް (ހެޑް ޝެފް، ކޮކޯޕާމް ރިސޯޓް) 

ރިސޯޓް ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަތާ 34 އަހަރުވެފައިވާ ފާއިޒް އިދްރީސް ، ސޮބާސް ކިޗަން އާއި ބެހޭ ގޮތުން ވިދާޅުވަނީ ކީކޭ ބާއެވެ؟ 

ފުރަތަމަވެސް ބުނެލާނީ ސޮބާސް ކިޗަން އަކީ ވަރަށް ޔުނިކް ކިޗަން އެއް. އަހަރެން ވަރަށް ހިތްހަމަޖެހޭ ސިފަތަކެއް އެތަނުގަހުރީ. އެތަނުން އެބަ ދައްކައިދޭ ކޮންޒިއުމަރ ބިހޭވިއާ. އޭގެ މާނައަކީ މިސާލަކަށް ދުފުން، ސިގިރެޓް ބުއިން އެކަހަލަ ކަންކަމަށް އެއްވެސް ވަރަކަށް އެންކަރޭޖް ކުރާތަނެއް ނޫން އެތަނަކީ. ދެން އަނެއްކާ ކާގަޑިތަކަށް އެމީހުން އެބަ ދަސްކޮށްދޭ އެބަ ކޮންސިއުމާއިންނަށް ކޮން ގަޑިތަކެއްތޯ ރަނގަޅުވާނީ ކާން. އެގޮތަށް ބިނާވެފަ އޮޕަރޭޝަން އަވާސްތައް އެހުންނަނީ. އަހަންނަށް ވަރަށް ކަމުދޭ އެގޮތަށް ބަލާއިރުވެސް. އޭދަފުށި ކަހަލަ ރަށެއްގަ މިހާގިނަ ރިސޯޓްތަކާ، އެޑްމިނިސްޓްރޭޓިވް އޮފީސްތަކާ، އެއާޕޯޓެއް ކައިރީގަ އޮވެފަ، މިކަހަލަ ފެސިލިޓީސްތައް ހުރި އޭރިއާއަކަށް ބަލާފަ އޭދަފުށީގަ ހަމަ ހުންނަންޖެހޭ މިކަހަލަ ތަނެއް. އެގޮތަށް އިނީޝިއޭޝަން ނަގައިގެން އެކަން ކުރީތީވެ ސެފް ސޮބާއަށާ، އެތަނުގެ އޯނަރު ސޮލާހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވޭ. އަޅުގަނޑު ޕާސަނަލީ ސޮލާހު ގާތު ބުނިން މިކަން ކުރިޔަށް ގެންދާށޭވެސް. މިކަން ބަދަލު ނުކުރާނޭ. މީހަމަ ރަނގަޅުކަމެކޭ. 

އޭދަފުށީ އޯކިޑްވިލާ ހައުލަތު އަބްދުއްރައްޒާގަކީ ގިނަގައުމުތަކެއްގެ ކެއުން ތަޖްރިބާ ކޮށްފައިވާ ކަނބަލެކެވެ. ޚާއްސަކޮށް ދިވެހިން އެ ރަހަތައްގެ މައްޗަށް ހޭނި ދަހިވެތިވެފައިވާ އިންޑިއާ އާއި ސްރީލަންކާގެ މީރު ރަހަތައް ތަޖްރިބާ ކޮށްފައިވާ ކަނބަލެކެވެ.

ސޮބާސް ކިޗަން ގެ އެންމެ ރަނގަޅު އެއް ކަމަކީ އަވަހަށް ކާއެއްޗެތި ލިބުން. އެއީ ގާތްގަނޑަކަށް 25 މިނިޓާ 20 މިނިޓާ ދޭތެރޭގަ. ފާހަގަކުރެވޭ އަނެއްކަމަކީ އެތަނުގެ ސްޓާފުން.  ވަރަށް ކަސްޓަމަރ އޮރިއެންޓެޑް ސްޓާފުން. ވަަރަށް ރަނގަޅަށް ސާވިސް ކޮށްދޭ ކުދިންކޮޅެއް. އެތަނުން ލިބޭ ކޮންމެ ކާއެއްޗެއްގައި ވެސް ހުންނަނީ އެއެއްޗެއްގައި ހުންނަން ޖެހޭ އަސްލު ރަހަ. އޭގެ އެންމެ ބަރާބަރު މިންގަނޑުގަ . އަޅުގަނޑަކީ ހަމަ އާއްމުކޮށް އެތަނުން ޗިކަން ސެލެޑް ކައި އުޅޭ މީހެއް. އެއީ ވަން އޮފްދަ ބެސްޓް ޗިކަން ސެލެޑް.  ދެން އެތަނުގެ ބޭކް ޗީޒް ކޭކު .އެއީވެސް ހަމަ އެއްވަނައޭ ބުނެވޭނީ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top