ލަނޑާ ގިރާވަރު ރިސޯޓަށް ފޯބްސް ޓްރެވެލް ގައިޑުގެ ފަސްތަރި

four-seasons-at-landaa-giraavaru-maldives-slides-8360.jpg

photo by: alltravels.mv

ބ.އަތޮޅުގައި އޮންނަ ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު ރިސޯޓަށް ފޯބްސް ޓްރެވެލް ގައިޑުން ދޭ “ސްޓާ އެވާޑްސް” ގައި ފަސް ތަރީގެ ރޭޓިން ލިބިއްޖެ އެވެ.

މިއީ ރިސޯޓުން ދޭ ޚިދުމަތާއި ވަސީލްތަކުގެ ފެންވަރު ވަޒަން ކުރުމަށްފަހު ފޯބްސް ޓްރެވެލް ގައިޑުން ދޭ މިއެވޯޑް ރާއްޖޭގެ 13 ރިސޯޓަކަށް ވަނީ ލިބިފަ އެވެ.

މީގެ 65 އަހަރު ކުރިން މޮބިލް ގައިޑުގެ ނަމުގައި ދޭން ފެށި މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެފަދަ އެންމެ ޝަރަފުވެރި އެވޯޑެވެ.

އެމެރިކާގެ އެންމެ ދުވަސްވީ ޓްރެވެލް ގައިޑު، ފޯބްސް ޓްރެވެލް ގައިޑުގެ މުވައްޒަފުން ކޮންމެ އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅަށް ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރެ އެވެ. އެ ދަތުރުތަކުގައި އެކި ހޮޓާތަކުގައި އެމީހުން ތިން ދުވަހާއި ދެ ރޭ ހޭދަ ކުރެ އެވެ. ރޭޓިންއެއް ކަނޑައަޅަނީ އެ މުއްދަތުގެ ތެރޭގައި 900 އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ހަދާ އިވެލުއޭޝަންއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ އެތަންތަނުން ފޯރުކޮށްދޭ ހިދުމަތަށްދޭ 75 ޕަސެންޓާއި ތަނުގެ ވަސީލަތްތަކަށްދޭ 25 ޕަސެންޓެވެ.

މިއަހަރުގެ ސްޓާ އެވޯޑުގެ ފަސްތަރި ރާއްޖޭގެ 13 ރިސޯޓަކަށް ލިބުނުއިރު، މިދިޔަ އަހަރު ރާއްޖޭން ވަނީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަނުގެ މަގާމު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައި އެ އެވޯޑު މިލްކުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top