ފެހެންދޫ އާ އިންްޖީނުގެ ހުޅުވައިފި

fehnqdU.jpg

ފެހެންދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު -ފޮޓޯ :ފެނަކަ

ބ.ފެހެންދޫގައި ފެނަކަ އިން އަލަށް އިމާރާތް ކުރި އިންޖީނުގެ ރޭ ހުޅުވައިފިއެވެ. އިންޖީނުގެ ހުޅުވައިދެއްވީ މި ކމަށް ޚާއްސަކޮށްފައިވާ ރަސްމިއްޔާތެއްގައި ފެނަކައިގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްއާން އެވެ.

އިންޖީނުގެ އިމާރާތް ކުރުމަށް ހަވާލު ކޮށްފައިވަނީ 1.9 މިލިއަން ރުފިޔާ އަށް ތްރީ ބްރަދާރސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

128 ކިލޯވޯޓާއި80 ކިލޯވޯޓް އަދި 50 ކިލޯވޯޓްގެ އިންޖީނަކާ އެކު އާ އިންޖީނުގެ ހުޅުވުމާއެކު ފެހެންދޫއަށް ދިމާވެފައިވާ ކަރަންޓް ގެ މައްސަލައަށް ނިމުމެއް އަންނާނެކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެހެންދޫގައި ކުރިން ހުރި އިންޖީނުގެ- އީވީ ފައިލް ފޮޓޯ

ފެނަކައިން ބުނި ގޮތުގައި ފެހެންދޫގައި ގާއިމްކޮށްފައިވާ އާ އިންޖީނުގެ އަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ އެންމެހާ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ އިންޖީނުގެ އެކެވެ.

މިތަން އިމާރާތް ކުރުމަށް ތްރީ ބްރަދާސް ކުންފުންޏާ ހަވާލު ކޮށްދފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top