ސައުދީ ސަރުކާރުން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު

ޖކހ.jpg

ސައުދީ އަރަބިއްޔާއިން ދިވެހި ދަރިވަރުންނަށް އެ ގައުމުގެ ޔުނިވާސިޓީތަކުން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް 318 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

ސްކޮލާޝިޕަށް ހުޅުވާާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، އަދި ލޯ ސައިންސް ހިމެނެ އެވެ. މީގެ އިތުރުން އެޑިއުކޭޝަނަލް ސްޕެޝަލިޓީސް، ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް، އިންޖީނިއަރިން މޭޖާ، އިސްލާމިކް ފީލްޑް ސްޓަޑީޒް، އަދި އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް ވެސް ހިމެނެ އެވެ.

ސައުދީގައި ކިޔެވުމުގެ އިތުރުން، ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ހިލޭ ޑިޕްލޮމާ ޕްރޮގްރާމަކަށް ވެސް ސައުދީއިން ވަނީ ހުޅުވާލައިފަ އެވެ. ފިރިހެނުންނަށް ހާއްސަކޮށްފައިވާ މި ޕްރޮގްރާމަކީ އަރަބި ބަހަށް ތައްޔާރުވުމަށް ދެ އަހަރުގެ ކޯހެއް ކަމަށާއި، ކިޔެވުން އަންނަ ޑިސެމްބަރު 28 ގައި ފަށާނެ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ. ސައުދީގައި ކިޔަވަން އެދޭ ދަރިވަރުން ވެބްސައިޓު މެދުވެރިކޮށް އެދެން ޖެހޭ އިރު، ރާއްޖޭގެ ކެމްޕަހުން ކިޔަވަން އެދޭ ފަރާތްތަކަށް ދެ ހަފުތާގެ މުއްދަތެއް ދީފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top