އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ޕަވްލޯވާ

0-02-03-7d07fd66259a37e65152a85a0d5b2df84cfd653d9b3b4358e43fc1c6bbc237e4_dc5ffa21.jpg

ބޭނުންވާ ތަކެތި 

ޕަވްލޯވާ ހެދުމަށް

6 ބިހުގެ ލޮނދި

1.5 ޖޯޑު ހަކުރު

2 ސައިސަމުސާ ޒުވާރި ފުށް

1/2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެެންސް

ކްރީމް ހެދުމަށް ބޭނުންވާ ތަކެތި

2 މޭޒުމަތީ ސަމުސާ ހަކުރު

2/11 ވިޕިންގ ކްރީމް

ޕަވްލޯވާ ޑެކަރޭޓް ކުރުމަށް ނުވަތަ މައްޗަށް އަޅާލުމަށް ބޭނުން ވައްތަރެއްގެ މޭވާ އެއް.

ތައްޔާރުކުރާނެ ގޮތް

އަވަން 225 ޑިގްރީ އަށް ހޫނު ކޮށްލާށެވެ.

ބިހުގެ ލޮނދިތައް ވަކި ކޮށްލުމަށްފަހު މިކްސަރަކަށް އަޅައިގެން ވިޕް ކުރަމުން ގެންދާށެވެ. ވިޕް ވާން ފެށުމުން ފަހަރަކު ހަކުރު ކޮޅެއް އަޅަމުން ގެންގޮސް ހަކުރު ކޮޅު އެއްކޮށް ހުސްވަންދެން އަޅާލާށެވެ.  ރަނގަޅަށް ވިޕް ވުމުން ސަމުސަލަކުން ނޫނީ ދޭފަތަކުން ލުނބޯ ހުތް ކޮޅާ ވެނީލާ އެސެންސް އަދި ޒުވާރި ފުށްކޮޅު އަޅާލާފައި އެއް ކޮށްލާށެވެ.

ޓްރޭ އެއްގައި ބޭކިންގ ޝީޓް އެޅުމަށް ފަހު ނޮޒުލް އަކުން ޕައިޕް ކޮށްލާށެވެ. ކޮންމެ ޕަވްލޯވާ އެއްގެ ދޭތެރޭގައި 2/11 އިންޗި ބަހައްޓަން ވާނެއެެވެ. އަދި ޕަވްލޯވާގެ މެދަށް ކްރީމް އެޅުމަށް ކުޑަ ޖާގައެއް ވެސް  ބަހައްޓަން ވާނެއެވެ. އެއަށް ފަހު 225 ޑިގްރީގައި ބަހައްޓައިގެން 1 ގަޑިއިރު ވަންދެން ފިހާށެވެ.

ޕަވްލޯވާ ފިހެ ނިމުމުން ހިހޫކުރަން ބަހައްޓަން ވާނެ އެވެ.

ވިޕް ކްރީމް ހެދުމަށް ވިޕް ކްރީމް އާއި ހަކުރު އެއްކޮށް މިކްސް ކުރުމަށް ފަހު ވިޕް ކޮށްލާށެވެ. އެއަށް ފަހު ޕަވްލޯވާގެ މެދަށް ކްރީމްކޮޅު އަޅާލުމަށް ފަހު މައްޗަށް މޭވާކޮޅު އަޅާލާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top