އޮންލައިން ކްލާސްތައް އަލުން ފަށަނީ .

215345_3_1e54951f5f3a57ee6ad46386bb8ba6ab1964c792_medium.jpg

އެޑިއުކޭޝަން މިނިސްޓަރު،އައިޝަތު އަލީ--ފޮޓޯ :ރައީސް އޮފީސް

ރާއްޖޭގެ މަދަރުސާތަކުގައި އޮންލައިން ކްލާސްތައް މި މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑަރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭއްވި މިނިސްޓަރުންގެ ފޯރަމުގައި، ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ މިދިޔަ މާޗުމަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައިވާ އިރު، ދަރިވަރުންނަށް ފިލާވަޅުތައް ނުލިބި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު ގިނަވުމާއި ނާޒުކު ހާލަތުގައި ދިރިއުޅޭ ކުދިންނާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކިޔެވުން އަލުން ފެށޭނެ ގޮތްތައް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ފައިދާ ހުރި ގޮތުގައި ކިޔަވައިދިނުމުގެ މާނައަކީ ވަސީލަތެއް ބޭނުންކުރުން ކަމަށް ވިދާޅުވިއެވެ.

އެކަމަކު ރާއްޖޭގައި އިންޓަނެޓުގެ އަގު ބޮޑުކަމަށާ އަދި އަދި އެކަށީގެންވާ ކަނެކްޓިވިޓީއެއް ނެތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ބައެއް މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އަލުން އޮންލައިން ކްލާސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިން ކޮށް ކިޔަވާދޭއިރު، ކިޔަވާދޭ ވަގުތު މަދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ގިނަ ގައުމުތަކުގެ ސްކޫލުތައް ބަންދުކޮށްފައިވާއިރު ބައެއް ގައުމުތަކުގައި މިހާރުވެސް އަންނަނީ އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވާދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top