ބާލުސްކޯނީގެ ހިތް 28 އަހަރުގެ އަންހެންކުއްޖަކަށް

barlusconi.jpg

އިޓަލީގެ ބިލިއަނަރު އަދި ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބާލުސްކޯނީގެ އަނބިކަނބަލުން ވަރިކުރެއްވުމަށް ފަހު ތިން ވަނަ ކައިވެންޏަކާ ދިމާލަށް މިސްރާބު ޖައްސަވައިފި އެވެ.

އިޓަލީގައި ގޮސިޕް ފަތުރާ ވެބްސައިޓަކުން ބުނީ އުމުރުން 77 އަހަރުގެ ބާލުސްކޯނީ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅުއްވަނީ އޭނާ އަށް ވުރެ 49 އަހަރު ހަގު ކުއްޖަކާ ކަމަށެވެ.

ބާލުސްކޯނީ އާއި އޭނާގެ ދެވަނަ އަނބި ކަނބަލުން ލާރިއޯ ވަކިވީ މެއި، 2009 ގަ އެވެ. އިޓަލީގެ ނޫހަކުން ބުނި ގޮތުގައި އަނބިކަނބަލުން ވެރޯނިކާ ލާރިއޯ ވަރިކުރެއްވުމާ އެކު ބާލުސްކޯނީ އަށް މިހާރު ވަނީ ތިން ވަނަ ކައިވެންޏަކަށް މަގުފަހިވެފަ އެވެ.

“ތިން ކުދިން ލިބުމަށް ފަހު، 22 އަހަރު އެކުގައި ދިރިއުޅުއްވުމަށް ފަހު، އަދި ހަތަރު އަހަރު ވަކިން އުޅުއްވުމަށް ފަހު، މިހާރު އެވަނީ ރަސްމީކޮށް ކައިވެނި ރޫޅިފައި،” ބާލުސްކޯނީ އަށް އިޝާރާތްކޮށް ނޫހުން ބުނެފައިވެ އެވެ.

ކައިވެންޏަށް ފަހު ދެ ފަރާތުގެ މެދުގައި މާލީ ކަންކަން ހަމަޖެއްސުމުގައި ދެބަސްވުންތަކެއް އުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ. މަހަކު ތިން މިލިއަން ޔޫރޯ (3.8 މިލިއަން ޑޮލަރު) ލާރިއޯ، 57، އަށް ދިނުމަށް ކޯޓުން ހުށަހެޅި ނަމަވެސް ބާލުސްކޯނީގެ އެދުމުގެ މަތިން އެ އަދަދު 1.4 މިލިއަން ޔޫރޯ އަށް ކުޑަކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ބާލުސްކޯނީ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅުއްވަނީ އުމުރުން 28 އަހަރުގެ ކުއްޖަކާ އެވެ. މުއްސަނދި ދިރިއުޅުމެއް އުޅުއްވި ބާލުސްކޯނީގެ ބައެއް މައްސަލަތައް މިހާރު ވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top