ރޫނީ އެންމެފަހުން ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

rooney.jpg

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ އިނގިރޭސި ވިލާތުގެ ފޯވާޑް ވޭން ރޫނީ އެކްލަބުގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ރޫނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފައިމިވަނީ 5 އަހަރާއި ބައިގެ މުއްދަތަކަށެވެ. އާ ކޮންޓްރެކްޓާއެކު ރޫނީއަށް ހަފްތާއަކު ތިންލައްކަ ޑޮލަރު ލިބޭނެއެވެ.

ޔުނައިޓެޑާއެކީ ރޫނީ ކުރިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރު ހަމަވާއިރު އޭނާގެ ކުރީގެ ކޮންޓްރެކްޓްގެ ދަށުން ހަފްތާއަކު ލިބެނީ ދެލައްކަ ފަންސާސްހާސް ޑޮލަރެވެ.

“ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކުރެވުމުން އެކަމާ އަހަރެން ވަރަށް އުފާވެއްޖެ. އަދި އަހަރެން މި ކްލަބާއެކީ ހޯދަން ބޭނުންވި ހުރިހާ ކާމިޔާބީއެއް ވެސް ހޯދިއްޖެ. މިކްލަބުގެ ސަޕޯޓަރުން އަހަރެން މި ކްލަބަށް އައީސުއްރެ ދެމުންގެންދާ ސަޕޯޓަށް ޝުކުރު އަދާކުރަން.” އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށްދިން އިންޓަވިއުއެއްގައި ރޫނީ ބުޏްނެވެ.

ރޫނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފައިމިވަނީ ކުރިއަށް އޮތް ހޫނު މޫސުމުގައި ރޫނީ ހޯދުމަށް ބޮޑެތި ބައެއްކްލަބްތަކުން ތައްޔާރުވަމުން ދަނިކޮށެވެ. އެގޮތުން ރޫނީ ހޯދުމަށް އެންމެ ބޮޑަށް ފައިވިއްދާފައި ތިބި ދެ ކްލަބަކީ ޗެލްސީ އާއި ރެއާލް މެޑްރިޑް ކަމަށް ރިޕޯޓްތަށް ބުނެއެވެ. މީގެތެރެއިން ޗެލްސީ އަކީ މިދިޔަ ހޫނުމޫސުމުގެ ޓްރާންސްފާގައި ވެސް ރޫނީ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ކްލަބެކެވެ. ނަމަވެސް އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ޗެލްސީން ރޫނީ ހޯދުމަށް ޔުނައިޓެޑަށް ހުށައެޅި ބިޑްތަކާ އެ ކްލަބުން ވަނީ ދެކޮޅު ހަދާފައެވެ.

2004 ވަނަ އަހަރުގެ އޮގަސްޓްމަހު އެވަޓަންއިން ޔުނައިޓެޑާ ގުޅުނު ރޫނީ ވަނީ މިހާތަނަށް 430 މެޗް އެ ކްލަބަށް ކުލެދީ 208 ގޯލް އެ ކްލަބަށް ކާމިޔާބުކޮށްދީފައެވެ. ރޫނީ ވަނީ މިހާތަނަށް ޔުނައިޓެޑާއެކީ ޕްރިމިއަރ ލީގް 5 ފަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް މިއަހަރުގެ މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ވަރަށްބޮޑު އަޑިގަނޑަކާ ކުރިމަތިވެ ލީގުހޯދުމަށްވެސް ބޮޑެތިދަތިތަކެއް ދިމާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top