އެސްޓީއޯ ބަށިމުބާރާތް ޑިސެމްބަރ 1 ގައި

 

އެސްޓީއޯ މިއަހަރުގެ ބަށި މުބާރާތާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުން. ފޮޓޯ: ސީއެންއެމް

އެސްޓީއޯ މިއަހަރުގެ ބަށި މުބާރާތާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުން. ފޮޓޯ: ސީއެންއެމް

އެސްޓީއޯ ގެ ފަރާތުން ވޭތުވެ ދިޔަ ތިން އަހަރުން ފެށިގެން ބާއްވަމުން އަންނަ ބަށިމުބާރާތް މިއަހަރު ޑިސެމްބަރ އެކެއްގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ދިވެހި ބަށިބޯޅަ އެސޯސިއޭޝަނާއި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ މުބާރާތުގައިވެސް ޗެމްޕިއަން ޓީމަށް އެއްލައްކަރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައި ވެއެވެ. ރަނަރއަޕަށް 50000 ރ. އަދި ތިންވަނަ ޓީމަށް 25000ރ. ކަނޑައަޅާފައިވާއިރު ފެއަރޕްލޭ ޓީމަށް ވެސް 10000ރ. ކަނޑައަޅާފައިވެއެވެ.

ވޭތުވެ ދިޔަ އަހަތުތަކުގައި މި މުބާތާރް ބާއްވާފައިވަނީ އީދު ބަންދު ތެރޭގައި ކަމަށް ވިޔަސް މި އަހަރު މުބާރާތް ސްކޫލް ބަންދުދުވަސްވަރާ ދިމާކޮށް ބާއްވަން ހަމަޖައްސާފައިވަނީ ގިނަ ބަޔަކަށްް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ބޭނުމުގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top