ދިވެހި އާނޫޓް ތައާރަފްކޮށްފި

ރާއްޖޭގައި އަލަށް ތައާރަފްކުރި ނޫޓްތައް.

ރާއްޖޭގައި އަލަށް ތައާރަފްކުރި ނޫޓްތައް.

ޕޮލިމާކަރުދާހުގައި ޕްރިންޓްކޮށްފައިވާ ދިވެހި އާނޫޓްތައް ރޭ ތައާރަފްކޮށްފިއެވެ.

އާނޫޓްތައް ތައާރަފްކޮށްފައިވަނީ ރޭ މިކަމަށް ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދިވެހިވަންތަކަމާއި ދިވެހި އާދަކާދައާއި ދިވެހި އިގްތިސާދު ރަމްޒުކޮށްދޭ ގޮތަށް ފަރުމާ ކުރެވިފައިވާ ހަނޫޓްގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރ އަޒީމާއާދަމްއެވެ. މި ޝަރަފާއެކު އަޒީމާގެ ނަން ތާރީޚްގައި ލިޔެވިގެންދާނީ ދިވެހި ނޫޓްގައި ސޮއިކުރި ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައެވެ.

މި ނޫޓްތަކަށް ލިބިފައިވާ އެންމެ ޚާއްސަ ސިފައަކީ ނޫޓްގެ ރީތިކަމާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިހުރުމާއެކު ގެންގުޅެން ފަސޭހަވުމާއެކު ހަލާކުނުވެ ގިނަ ދުވަހު ގެންގުޅެވުމެވެ.

އާނޫޓްތައް ބޭނުންކުރަން ފަށާނީ އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު ކަމަށް އެއްއެމްއޭއިން ބުނެއެވެ. ހަމައެއާއެކު މިހާރު ބޭނުންކުރަމުން އަންނަ ނޫޓްތައްވެސް އާނޫޓްތަކާއެކު ބޭނުންކުރެވޭނެއެވެ. ނަމަވެސް މޭމަހުގެ ނިޔަލަށް ބޭނުންކުރުން ހުއްޓާލުމަށް އެއްއެއެމްއެއިން ވަނީ ނިންމާފައެވެ.

މިނިވަން 50އާ ގުޅުވައިގެން “ރަންދިހަފަހެއް”ގެ ނަންދީފައިވާ ނޫޓްސީރީސްގައި ހިމެނެނީ 10،20،50،100،500 އަދި އަލަށް ނެރެފައިވާ 1000ރުފިޔާގެ ނޫޓެވެ. އާސީރީސްގައި 5ރުފިޔާގެ ނޫޓް ނުހިމެނޭ އިރު އޭގެ ބަދަލުގައި ތައާރަފްކުރަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top