އޭދަފުށްޓަށް އުފަން މިލިއަނަރ އޭދަފުށީ އިސްމާއީލްކަލޭފާނުގެ އަހްމަދު ނަޒީރުގެ ވަރަށް ދީލަތި އެހީތެރިކަމާއެކު އޭދަފުށީ ބަނދަރު ސަރައްދުގައި ޖަހާފައިވާ ކޮންކްރިޓް ބްލޮކްތަކުގެބޭރުން 230 މީޓަރުގެ ސަރަހައްދުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ހޯގާރޑްކޮމްޕެނީއާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މޫސުމާއިބެހޭ ރަށުގެ ތަޖްރިބާކާރުން ބުނާގޮތުގައި މިމަސައްކަތް ނިމުމުން ބަނދަރުގެ ބޭރުތޮށި ހިމާޔަތްކުރުމުގެ އިތުރުން ދެމޫސުމުގައިވެސް ފަޅުތެރެމަޑުވެ ދަތުރުވެރިންނަށް ފަސޭހަވެގެން ދާނެއެވެ.
އޭދަފުށީ ރައްޔިތުންގެމެދުގައި ނަޒީރު މަޝްހޫރުވެފައިވަނީ އެދުމެއްނެތި ވެދުންކުރާ އޭދަފުށީދެކެ ލޯބިވާ ދަރިއެއްގެ ގޮތުގައެވެ.