އިޓަލީގައި ހޫނުގަދަވުމުން ގެރިކޮށިތައް އޭސީކޮށްފި

121001062038-cow-calf-hay-milk-story-top.jpg

ހޫނުމިން 40 ޑިގްރީއަށް އެރުމުން އިޓަލީގައި ގެރިކޮށިތައް އޭސީ ކޮށްފިކަމަށް ބައެއްމީޑިއާތަކުން ބުނެފިއެވެ.

ހޫނުގަދަވުމުގެ ސަބަބުން  ގެރިތަކުން ކިރު އުފައްދައިދޭ މިންވަރުވަނީ ވަރަށް ބޮޑުތަން ދަށްވެފައިކަމުގައާއި އާއްމުކޮށް އުފައްދައިދޭ މިންވަރަށްވުރެ މިހާރު 50 މިލިއަން ލިޓަރު މަދުކަމަށް އިޓަލީގެ ދަނޑުވެރިންގެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެސޯސިއޭޝަނުންބުނީ ގެރިއެއް އެންމެރަގަޅަށް ކިރުއުފައްދައިދޭނީ 24 ޑިގްރީގެ ސެލްސިއަސްގައި ފިނިހޫނުމިންހުރުމުންކަމުގައެވެ.

އޭސީކުރިއަސް ކިރުއުފައްދައިދޭ މިންވަރު ހީކުރިމިންވަރަށް އިތުރުނުވާ ސަބަބަކީ ގެރިތައް ކެއުންމަދުކޮށްފައި ފެންބުއިން މާބޮޑަށް އިތުރުކުރާތީކަމުގައިވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. އެގޮތުން މިހާރު ގެރިއެއް ދުވާލަކު 140 ލިޓަރުގެ ފެންބޯކަމަށް ވެއެވެ.

މި ރިޕޯޓްގައި ބުނެފައިވާގޮތުގައި ހޫނުގަދަވުމުން މިދުވަސްވަރު ކުކުޅު އަޅާ ބިހުގެ މިންވަރުވެސް %10 ވަރު މަދުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top